އައްޑޫއާ ދުރު ސަރަހައްދަކަށް ބިންހެލުމެއް އަތުވެއްޖެ، ރާއްޖެއަށް ނުރައްކަލެއް ނެތް
އައްޑޫ ސިޓީއާ ދުރު ސަރަހައްދަކަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓާ މިންގަނޑުން 5.3 ގެ ބާރުމިނުގައި މި ބިންހެލުން އައިސްފައިވަނީ މިޑް-އިންޑިއަން ރިޖް ސަރަހައްދަށެވެ. މި ބިންހެލުން އައިސްފައިވަނީ އައްޑޫ ސިޓީއާ ގާތްގަނޑަކަށް 2,553 ކިލޯމީޓަރު ދުރުންނެވެ.
މި ހާދިސާއާ ގުޅިގެން މެޓް އޮފީހުން ބުނީ، ބިންހެލުން އައި ސަރަހައްދާއި ރާއްޖެއާ ހުރި ދުރުމިނަށް ބަލާއިރު، މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ކަހަލަ ސީދާ ނުރައްކަލެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް މި ބިންހެލުމުގެ އަސަރު ފޯރާނެ ކަމަށް ލަފާނުކުރެވޭ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.
ރާއްޖެއާ ދުރު ސަރަހައްދުތަކަށް އަންނަ މިފަދަ ބިންހެލުންތަކާ ގުޅިގެން މެޓް އޮފީހުން ދަނީ ކަމާބެހޭ ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ހާލަތު މޮނިޓަރު ކުރަމުންނެވެ.
ރިއެކްޝަންސް









