މާފަންނު އުތުރުގެ އަންހެނުންގެ ތަރައްޤީއަށް ހޮވަންވީ ޒައްރަ: މިއީ ފިސާރި ކަނބަލެއް!

މާފަންނު އުތުރުގެ އަންހެނުންގެ ތަރައްޤީއަށް ހޮވަންވީ ޒައްރަ: މިއީ ފިސާރި ކަނބަލެއް!

2 hours ago - 22:40
Mar 30, 2026 - 22:47

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާފަންނު އުތުރު ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) އަށް ސަރުކާރު ހިންގާ ޕީ.އެން.ސީގެ ފަރާތުން ވާދަކުރައްވާ ޒަރީހާ މޫސާ (ޒައްރަ) އަކީ އެ ދާއިރާއަށް އާ ބަދަލެއް ގެނެސްދޭނެ އުންމީދީ ކެންޑިޑޭޓެކެވެ.

ޒައްރައަކީ ސިޔާސީ ދާއިރާގައި ހަރަކާތްތެރި، އިޖުތިމާޢީ ޚިދުމަތްތެރިއެއްގެ ގޮތުގައި އާންމުންގެ އިތުބާރު ހޯދާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޒައްރައަކީ، އަންހެނުންގެ އަޑު އުފުލައި، އެކަނބަލުންގެ ތަރައްޤީއަށް މަސައްކަތް ކުރުމުގެ ފުރިހަމަ ތަޖުރިބާ ލިބިފައިވާ ހީވާގި ކަނބަލެކެވެ.

ޒައްރަގެ ތަޢުލީމީ ފަންތި އަދި މަސައްކަތުގެ ތަޖުރިބާ:

ޒައްރަގެ ތަޢުލީމީ ޙަޔާތަށް ބަލާއިރު، އޭނާއަކީ ތަޢުލީމީ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ އެސޯސިއޭޓް ޑިގްރީއިން އެންމެ މޮޅު ނަތީޖާ ހޯއްދަވައިގެން "ޓޮޕް އެޗީވާސް އެވޯޑް" ހާސިލުކުރެއްވުމަށްފަހު، އެ ދާއިރާއިން ބެޗްލާސް ޑިގްރީ އަދި މާސްޓާސް ޑިގްރީ ވެސް ވަނީ ފުރިހަމަކުރައްވާފައެވެ.

މަސައްކަތުގެ ދާއިރާގައި ޒައްރަ ވަނީ ކޯޕަރޭޓް ދާއިރާގައި ފަސް އަހަރު، މެޖިސްޓްރޭޓް ކޯޓެއްގެ އިދާރީ ދާއިރާގައި ފަސް އަހަރު، އަދި ވިލާ ކޮލެޖުގެ އެސިސްޓަންޓް މެނޭޖަރެއްގެ މަޤާމުގައި ހަތަރު އަހަރު ދުވަހު ޚިދުމަތް ކުރައްވާފައެވެ. މި ތަޖުރިބާތަކަކީ އިދާރީ ހިންގުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އޭނާއަށް ލިބިފައިވާ ވަރުގަދަ ބިންގަލެކެވެ.

ޒައްރަގެ ސިޔާސީ ދަތުރު:

ޒައްރަގެ ސިޔާސީ މަސައްކަތް 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރެއިން ފެށުނުއިރު، އޭނާ ވަނީ އިޖުތިމާޢީ އެކި ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ، މަގުބޫލުކަން ހޯދާފައެވެ. މާފަންނު އުތުރު ދާއިރާއަށް ކުރިމަތިލުމަށް ނިންމީ، އެ ސަރަހައްދުގެ އަންހެނުން ބާރުވެރިކުރުވުމަށް ބޮޑު ފުރުސަތެއް އޮތް ކަމަށް ގަބޫލުކުރެވޭތީއެވެ. ޒައްރަ ދެކޭގޮތުގައި އެ ދާއިރާއަކީ އެދެވޭ ބަދަލަކަށް ތައްޔާރަށް އޮތް ދާއިރާއެކެވެ.

ޒައްރަގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ހިމެނެނީ:

އިޖުތިމާޢީ ގޮތުންނާއި އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަކީ މުޖުތަމަޢުގެ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މީގެ އިތުރުން، އަންހެނުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތް ކުރުމާއެކު، އިޤްތިޞާދީ ގޮތުން ފަހި ފުރުޞަތުތައް ހޯދައިދީ މާލީ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ނުހަނު އިސްކަންދޭންޖެހޭ ކަންކަމެވެ. ހަމައެއާއެކު، އަންހެނުންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ ދެކޮޅަށް ސާބިތުކަމާއެކު ތެދުވެ، ރައްކާތެރި އަދި އުފާވެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ބާރުވެރި މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމު އަސާސެކެވެ.                 

"އަޅުގަނޑު އިންތިޚާބްކޮށްފިނަމަ ޔަގީންކަން މިއަރުވަނީ ތިޔަ ކަނބަލުންގެ އަތުގައި ހިފައިގެން ފުރަތަމަ ސަފަށް ނިކުންނާނެ ފަރާތަކީ އަޅުގަނޑުކަމުގައިވާނެ! އަޅުގަނޑުގެ ޚިދުމަތަކީ ހަމަ ތިޔަކަނބަލުންނަށްޓަކައި 24 ގަޑިއިރުގެ ޔަގީން ޚިދުމަތެއް،" ކެންޑިޑޭޓް ނަންބަރު 5، ޒައްރަ ވިދާޅުވިއެވެ.

ތަޢުލީމީ ގާބިލުކަމާއި، މަސައްކަތުގެ އަޚުލާގާއި، އިޚުލާޞްތެރި އިޖުތިމާއީ ޚިދުމަތުގެ ރެކޯޑަކާއެކު ޒައްރަ ނުކުމެ ހުރީ މާފަންނު އުތުރުގެ އަންހެނުންނާއި އާއިލާތަކަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމުގެ ވަރުގަދަ އަޒުމުގައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow