ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ޑރ. އަޒްވަރު އައްޔަންކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ޑރ. އަޒްވަރު އައްޔަންކޮށްފި

1 hour ago - 15:44
Apr 28, 2026 - 15:45

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް، ސ. ހިތަދޫ، ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރު އައްޔަނުކުރައްވައިފިއެވެ.


ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ޑރ. އަލީ އަޒްވަރު އެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ.


ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން، ކުންފުނިތަކުގެ އިސް މަޤާމުތަކަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ސްޓެލްކޯގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ޑރ. އަޒްވަރުގެ ތަޖުރިބާގެ ބޭނުން ހިފުމަކީ މި އައްޔަނުކުރުމުގެ މައިގަނޑު އެއް ބޭނުމެވެ.


ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކުރެއްވި ޑރ. އަޒްވަރަކީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މި އައްޔަނުކުރުމާއެކު، ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ ކުންފުނީގެ ހިންގުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow