ސްކޭމްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި

ސްކޭމްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި

3 hours ago - 13:13
Advertisement
Advertisement

ސްކޭމްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދި ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.


ފުލުހުން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫ، ފެހިވިނަމާގެ، އަޒުހީމް ސަޢީދު (36އ) އާއި، ޏ. ފުވައްމުލައް، ދޫޑިގަން، ގޯލްޑަންގޭޓް، ޢަލީ ޝަފާޒު (31އ) އަދި ސ. ހިތަދޫ، ކުޅިބަލާގެ، މުޙައްމަދު ޖުނައިދު (47އ) އެވެ.


މި ތިން މީހުންގެ ތެރެއިން އަޒުހީމް ސަޢީދު ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާ އެކައުންޓެއް ހެކްކޮށް، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައިގެން މީހެއްގެ އަތުން މަކަރާއި ހީލަތުން 3،500 ރުފިޔާ ހޯދި މައްސަލައެއްގައެވެ. މި މަހުގެ 12 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 2026 އެޕްރީލް 27 އާ ހަމައަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.


ދެވަނަ މީހާ ކަމަށްވާ ޢަލީ ޝަފާޒު ހައްޔަރުކޮށްފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ސޯޝަލް މީޑިއާ ހެކްކޮށްގެން އޮޅުވާލައިގެން މީހެއްގެ އަތުން 4،500 ރުފިޔާ ހޯދި މައްސަލައެއްގައެވެ. ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 2026 އެޕްރީލް 12 އާ ހަމައަށް އިތުރުކޮށްދީފައެވެ.

Advertisement
Advertisement


މީގެ އިތުރުން، މުޙައްމަދު ޖުނައިދު ހައްޔަރުކޮށްފައި ވަނީ ޑޮލަރު ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން 29،987 ރުފިޔާ ހޯދި މައްސަލައެއްގައެވެ. މި މަހުގެ 20 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، 2026 އެޕްރީލް 5 އާ ހަމައަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.


ފުލުހުން ގެންދަނީ މި ތިން މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ. ފަހަކަށް އައިސް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ މިފަދަ ސްކޭމްތައް އިތުރުވަމުންދާތީ، އާންމުން މިކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement