މަސްވެރިންގެ ހުރިހާ ފައިސާއެއް ދީ ޚަލާސްކޮށްފި

މަސްވެރިންގެ ހުރިހާ ފައިސާއެއް ދީ ޚަލާސްކޮށްފި

2 months ago - 10:03
Advertisement

މަސްވެރިންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް މިހާރު ދައްކާ ޚަލާސްކޮށްފައިވާކަމަށާއި، މިހާރު މަސްވެރިންނަށް ނުދެވި އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

އެމިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މަސްވެރިންނަށް މިހާތަނަށް ނުދެވިހުރީ، 53 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދައްކަންޖެހޭ އަދަދެވެ.

 މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ، މަސްވެރިން ކިރުވާ މަހަށް މީގެފަހުން ދެ ހަފްތާގެ ތެރޭގައި ފައިސާ ދެމުންދާނެކަމަށާއި، މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން މިހާތަނަށް މަސްވެރިންނަށް 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާކަމަށެވެ.

މަސްވެރިންގެ އަތުން މަސްގަނެ، ފައިސާ ދިނުން ލަސްވާ މައްސަލަ ޙައްލުކުރުމަށް މިފްކޯއިން ވަނީ މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އަދި އޭގެތެރެއިން ބައެއް ކަންކަން ތަންފީޒުކުރަންވެސް މިހާރު ވަނީ ފަށާފައެވެ.

Advertisement

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ހަމަޖައްސާ އަގުގައިކަން އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ.

މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް ޢިއުލާނުކުރާގޮތަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން މި ހަފްތާގައި އައިސް އަޅާފައިވާ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި ގަންނާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަންނާނީ 14 ރުފިޔާއަށް ކަމަށް އެކުންފުނިން ބުންޏެވެ. މިފްކޯއިން ބުނީ އެ ކުންފުނީގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ މުއައްސަސާތަކާ ގުޅިގެން އަޅަމުންދާނެކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement