މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު ދަނީ ބަލަމުން
ހަޔާ އެޑިއުކޭޝަން: ފޮޓޯ- އެމްވީ ނިއުސް

މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު ދަނީ ބަލަމުން

2 hours ago - 14:38
Advertisement
Advertisement

މެދުއިރުމަތީގެ މަޝްރަޙު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންގެ ޙާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނެފިއެވެ.


މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ސަރަޙައްދުގެ ޤައުމުތަކުގައި ކިޔަވަމުންދާ އެއްވެސް ދިވެހި ދަރިވަރަކަށް އެކަމުގެ ނޭދެވޭ އަސަރެއް ކުރޭތޯ ބަލަމުންދާ ކަމަށެވެ. އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޅެންހުރި ހުރިހައި ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމުގެ ޔަޤީންކަން އެ ވުޒާރާއިން ވަނީ ދެއްވާފައެވެ.


މި މަސައްކަތުގެ ދަށުން، ކަމާގުޅޭ ދައުލަތުގެ އެކި އިދާރާތަކާ ގުޅިގެން އެ ސަރަޙައްދުގެ މަޝްރަޙަށް އަންނަމުންދާ ބަދަލުތައް މޮނިޓަރކޮށް، ކުރަންޖެހޭ މުޢާމަލާތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.


މީގެ އިތުރުން، ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ދަރިވަރުން ކިޔަވަމުންދާ ތަޢުލީމީ މަރުކަޒުތަކާ ގުޅިގެން ހާލަތުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުވައި، ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.         

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement