ސަރުކާރާ ދެކޮޅު ކައުންސިލްތަކުގެ ސަބަބުން 57 ރަށެއްގެ ތަރައްގީވަނީ މަޑުޖެހިފައި: ރައީސް

ސަރުކާރާ ދެކޮޅު ކައުންސިލްތަކުގެ ސަބަބުން 57 ރަށެއްގެ ތަރައްގީވަނީ މަޑުޖެހިފައި: ރައީސް

2 hours ago - 15:26

ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ލޯކަލް ކައުންސިލްތަކުގެ ސަބަބުން ރާއްޖޭގެ 57 ރަށެއްގައި ތަރައްގީގެ މުހިންމު މަޝްރޫއުތައް ނުފެށި މަޑުޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިންތިޒާމުކޮށްގެން ބޭއްވި ތަރާވީހުގައި ވާހަކަފު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، ރަށްރަށުގެ ތަރައްގީއަށްޓަކައި ސަރުކާރުން ގިނަ ރޭވުންތަކެއް ރާވާފައިވީ ނަމަވެސް، ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބޭނުންވާ އެއްބާރުލުން 57 ރަށެއްގެ ކައުންސިލުން ނުދޭ ކަމަށެވެ. މިގޮތުން ސަރުކާރުގެ ވިސްނުމާ ތަފާތު ސިޔާސީ ފިކުރުގެ ކައުންސިލްތަކުން އެކި ސަބަބުތައް ދައްކައިގެން، މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ބިން ހަވާލުނުކުރުމަކީ މަސައްކަތްތައް ލަސްވާ މައިގަނޑު ސަބަބުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


"މިއަދު އަޅުގަނޑު ހިސާބުތައް ބަލާލިއިރު، 57 ރަށެއްގައި އަޅުގަނޑުމެން ފެށި މަސައްކަތްތައް ނުފެށިފައި އެބަހުރި ކައުންސިލްތަކުން، އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކީލަ ވިސްނުމުގެ ކައުންސިލްތަކުން ހުއްޓުވާފައި އެކި އުޒުރުތައް ދައްކާފައި ބިން ހަވާލުނުކޮށްގެން. ބިން ހަވާލުކުރަނީ ކައުންސިލްތަކުން،" ރައީސް ވިދާޅުވިއެވެ.


ރައީސް އިތުރަށް ވިދާޅުވީ، ރަށްރަށަށް ތަރައްގީ ގެނައުމުގައި ކައުންސިލްތަކުގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށާއި، ނަމަވެސް ސިޔާސީ ބޭނުމަށްޓަކައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިފަދަ ހުރަސްތަކުގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ދަތިތަކާ ކުރިމަތިވަމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. 


ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުން މުހިންމުވަނީ މި ސަބަބަށްޓަކައި ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތް ކުރާނެ ކައުންސިލްތަކެއް އޮތުމަކީ، ރަށްރަށުގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ބާރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow