އިންތިޚާބަށް ކުރިމަތިލި  ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ގުރުއަތުލުން ބާއްވައިފި

އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ގުރުއަތުލުން ބާއްވައިފި

8 hours ago - 19:45

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން މިއަދު ބާއްވައިފިއެވެ.


މި ގުރުއަތުލުން މާލެ ސިޓީގެ އިތުރުން ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކެއްގައިވެސް ކުރިއަށްދިޔައީ އެއް ވަގުތެއްގައެވެ. އެގޮތުން މާލެ ސިޓީގައި ގުރުއަތުލުން ބާއްވާފައިވަނީ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ. އަދި އަތޮޅުތެރޭގެ ރަށްތަކާއި ސިޓީތަކުގައި މި ހަރަކާތް ކުރިއަށްދިޔައީ އެ ރަށެއްގެ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައަޅާފައިވާ ޚާއްސަ މަރުކަޒުތަކުގައެވެ.


ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ޖުމްލަ 2,994 ކެންޑިޑޭޓުން ފޯމު ހުށަހެޅި ނަމަވެސް، އޭގެ ތެރެއިން 67 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އެހެންކަމުން މިހާރު އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 2,927 ކެންޑިޑޭޓުންނެވެ.


މި އިންތިޚާބުގައި 6 ސިޔާސީ ޕާޓީއަކުން 1,210 ކެންޑިޑޭޓުން ވާދަކުރާއިރު، އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަކުރެއެވެ.

އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ކޮންގްރެސް ޕާޓީގެ ފަރާތުންނެވެ. އެ ޕާޓީގެ ޓިކެޓުގައި 665 ކެންޑިޑޭޓުން މި އިންތިޚާބުގައި ވާދަކުރާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow