ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން ފޮނުވައިފި
އެންމެ މެމްބަރުން ގިނައީ ޕީއެންސީގައި: ފޮޓޯ-ޕީއެންސީ

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން ފޮނުވައިފި

އެންމެ ގިނަ ފައިސާ ޕީއެންސީއަށް

6 hours ago - 10:50
Sep 2, 2025 - 10:53

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ދޫކުރަން ފޮނުވައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ހޯމަ ދުވަހު ވިދާޅުވީ އެ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، މި އަހަރުގެ ބަޖެޓުގެ އާމްދަނީއިން ދޫކުރަންޖެހޭ ފައިސާގެ ޕޭމަންޓް ޕްރޮސެސް ކުރުމަށްފަހު، ސިޔާސީ ޕާޓީތަކަށް ފައިސާ ޖަމާކުރުމަެޕާޓީށް ބޭންކްތަކަށް ފޮނުވާފައިވާ ކަމަށެވެ.

ބަޖެޓް ފާސްކުރިއިރު ދިހަހާސް މެމްބަރުން ހަމަވެ, ދައުލަތުންގެ ބަޖެޓުން ފައިސާ ދޫކުރަނީ 5 ސިޔާސީ ޕާޓީއަކަށެވެ. އެއީ އެމްޑީޕީ, އަދާލަތު ޕާޓީ, ޖުމްހޫރީ ޕާޓީ, އެމްޑީއޭ, ޕީއެންސީ އެވެ.

އެންމެ ގިނަ ފައިސާ ދޫކުރަނީ މީގެތެރެއިން އެންމެ ހަގު ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށެވެ. ސަރުކާރު ހިންގާ ޕީއެންސީ އަށް 13.3 މިލިއަން ރުފިޔާ ދޫކުރެއެވެ. އެޕާޓީގައި 68,665 މެމްބަރުން އެބަތިއްބެވެ. އިދިކޮޅު އެމްޑީޕީއަށް ދޫކުރަނީ 8.4 މިލިއަން ރުފިޔާ އެވެ. އެޕާޓީގައި ތިބީ 43,765 މެމްބަރުންނެވެ. ތިންވަނަ އަށް އެންމެ ގިނަ ފައިސާ ލިބެނީ ޖުމްހޫރީ ޕާޓީއަށެވެ. އެއީ 2.6 މިލިއަން ރުފިޔާ އެވެ. ޖުމްހޫރީ ޕާޓީގައި ތިބީ 13,456 މެމްބަރުންނެވެ. އަދާލަތު ޕާޓީ އާއި އެމްޑީއޭއަށް ދޫކުރަނީ 1.7 މިލިއަން ރުފިޔާ އެވެ. ބަޖެޓް ފާސްކުރިއިރު 10 ހާސް މެމްބަރުން ހަމަވިޔަސް އެދެޕާޓީގައިވެސް މިވަގުތު އެއަދަދު ހަމައެއް ނުވެއެވެ.

ސިޔާސީ  ޕާޓީ  ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އެވެ. 2024 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ 5 ސިޔާސީ ޕާޓީއަށް، އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް ޖެހެނީ 193.23 ރުފިޔާ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow