
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި އެފަދަ ވިޔަފާރިތަކުގައި ބައިވެރިވާ މީހުން ފޮނުވާލަނީ
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި އެފަދަ ވިޔަފާރިތަކުގައި ބައިވެރިވާ މީހުން ފޮނުވާލުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.
އިމިގްރޭޝަނުން މިއަދު ޢާއްމުކުރި ދެންނެވުމެއްގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރާ މީހުންވެސް ފޮނުވާލާނެ ކަމަށެވެ.އޯޕަން ވިޒާގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާކަން އިމިގްރޭޝަނުން ފާހަގަކުރިއެވެ.
ބިދޭސީން ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި, އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑަތި މާލީ މަންފާތައް ހޯދާކަންވެސް އިމިގްރޭޝަނުން ފާހަގަކުރިއެވެ. މިއީ ޤާނޫނީ ގޮތުން މަނާކަމެއްކަން އިމިގްރޭޝަނުން ވަނީ ހަނދާންކޮށްދީފައެވެ.
ވަޒީފާ ދޭފަރާތުންވެސް އެމީހުންގެ މުވައްޒަފުން އެހެން ތަންތަނަށް މަސައްކަތްކުރަން ނުފޮނުވުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އެފަދަ ފަރާތްތައް ފާހަގަކުރެވިއްޖެނަމަ އިމިގްރޭބަންގެ ބެލުމުގެ ދަށަށް ގެންގޮސް އަނބުރާ ފޮނުވާލާނެ ކަމަށް އިމިގްރޭޝަންގެ ދެންނެވުމުގައި ބުނެފައިވެއެވެ.
ރިއެކްޝަންސް






