މުލީ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އަންނަ އަހަރަށް
ރައީސް މުއިއްޒު މުލީގައި ވާހަކަ ދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

މުލީ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އަންނަ އަހަރަށް

މުލީގައި ޕާސްޕޯރޓްގެ ޚިދުމަތް ފަށައިފި

21 days ago - 06:12
Sep 23, 2025 - 06:12
Advertisement
Advertisement

މުލީގައި އެޅުމަށް ހަމަޖެހިފައިވާ 300 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

އެމަނިކުފާނު މިކަމުގެ ޔަޤީންކަންދެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މުލީގައި އެޅުމަށް ނިންމާފައިވާ 300 ހައުސިންގ މަޝްރޫޢު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، އަންނަ އަހަރުގެ ފެބުރުއަރީމަހު 150 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފަށާނެކަމަށާއި އަދި ސެޕްޓްމެމްބަރު މަހުގެތެރޭގައި ބާކީ 150 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ގެދޮރު އެޅުމަށް މިއަހަރު ދޫކުރުމަށް ނިންމާފައިވާ ލޯނަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތުހަމަވާ ފަރާތްތަކަށް ވަރަށް އަވަހަށް ލޯނުދޫކުރަން ފަށާނެކަންވެސް ހާމަކުރައްވާފައެވެ. އަދި އަންނަ އަހަރު ގެދޮރުއެޅުމަށް ދޫކުރާ ލޯނަށް އެދި ހުށައެޅުމުގެ ފުރުޞަތު، ހުޅުވާލަން ނިންމަވާފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

Advertisement
Advertisement

މުލީގެ ކުރިއެރުމާ ތަރައްޤީއާ ގުޅުންހުރި، މިހާރު ކުރިއަށްދާ އަދި ކުރިއަށް ހުރި މަޝްރޫޢުތައްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މުލީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭގޮތް ހެދުމަށް ކުރަމުންދާ މަސައްކަތް ނިމި މިއަހަރުގެ އޮކްޓޯބަރު މަހު، މުލީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަންފެށޭނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އިތުރު ޖެންސެޓެއް ގެނެސް މިއަހަރުގެ ނިޔަލަށް އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުލީ - ނާލާފުށީގެ ކޯޒްވޭގެ މަސައްކަތް ލަސްވެފައިވަނީ ޑިޒައިނަށް ބަދަލުތަކެއް ގެންނަންޖެހުމުންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ މިހާރު އެމަސައްކަތް ބާރަށް ކުރިއަށް ގޮސް ދާދި އަވަހަށް ނިމިގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައްޔިތުންނަށް ދެއްވާފައެވެ.

ރައީސް މުލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވަނީ މުލީގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމާއި, މުލީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އަދި މުލީގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތްވެސް ފައްޓަވައިދެއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement