އުޅަނދުތަކުން ބައެއް ތަކެތި އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އުޅަނދުތަކުން ބައެއް ތަކެތި އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

15 hours ago - 08:19
Advertisement
Advertisement

ކ. ގުޅި އާއި ފުށިދިއްގަރުފަޅު ކަނޑުއޮޅިތެރެއިން އުޅަނދެއްގެ ބައެއް ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން ސަމާލުކަން ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.


އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އޮޔާދަނީ އެ ސަރަހައްދުން އިރުމައްޗަށް ކަމަށް ބެލެވޭ ކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ވަނީ ލިބިފައެވެ. އޮޔާދާ މި ތަކެތީގެ ސަބަބުން ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް އިންތިހާއަށް ސަމާލުވުމަށް ވަނީ އެދިފައެވެ.


ޚާއްޞަކޮށް ރޭގަނޑު ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން އިތުރަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެމްއެންޑީއެފުން ވަނީ ނަސޭހަތްތެރިވެފައެވެ. މިފަދަ ތަކެތި ކަނޑުމަތިން ފެނިއްޖެނަމަ ނުވަތަ އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement