ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޕޮގްބާ މޮނާކޯއަށް!
ޕޮއުލް ޕޮގްބާ ޔުވެންޓަސްގެ ޖަރސީގައި.ފޮޓޯ: ޔުވެންޓަސް

ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޕޮގްބާ މޮނާކޯއަށް!

5 hours ago - 15:01
Jun 23, 2025 - 15:11

މެންޗެސްޓަރ ޔުނައިޓަޑް އަދި ޔުވެންޓަސްގެ ކުރީގެ ތަރި ޕޮއުލް ޕޮގްބާ ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންއިޓަލީގެ މޮނާކޯއާ ގުޅެން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަސްދަރުތަކާ ހަވާލާދީ އީއެސްޕީއެންގައި ބުނެފައިވަނީ ސައުދީ ފްރޯ ލީގުގެ ކްލަބަކަށް ކުޅެން ލިބުނު ހުށަހަޅުން ދޫކޮށްލުމަށްފަހު ޕޮގްބާ މޮނާކޯއާ ގުޅުމަށް މިހާރު ވަނީ އަނގަބަހުން އެއްބަސްވެފައި ކަމުގައެވެ.

މަނާ ބޭހަކަށް ޕޮސިޓިވްވެ ފެބްރުއަރީ 2024 ގައި ޕޮގްބާގެ އަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އިއްވާފައިވީނަމަވެސް ފާއިތުވި އޮކްޓޯބަރު މަހު އެ ހުކުމް ވަނީ 18 މަސްދުވަހަށް ކުޑަކޮށްފައެވެ. ކުޅިވަރުގެ އާބިޓްރޭޝަން ކޯޓުން ހުކުމް ކުޑަކުރި ފަހުން ފާއިތުވި މާޗުމަހު ހުކުމް ވަނީ ނިމުމަކަމަށް އައިސްފައެވެ. 

ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައުމާއެކު ޕޮގްބާ ފުރަތަމަ ބޭނުންވީ ފުޓްބޯޅައިން ރިޓަޔަރ ކުރަންކަމުގައި ޕޮގްބާއާ ހަވާލާދީ އީއެސްޕީއެން އިން ވަނީ ބުނެފައެވެ. 

Advertisement
Advertisement

"ވަރަށް ބައިވަރު އެއްޗެހި ހިތަށްއެރި. ކުޅުން ހުއްޓާލަންވެސް ވަރަށްގިނަ ފަހަރު ހިތަށްއެރި. ހަތަރު އަހަރުގެ ހިސާބު ހަދާލިއަސް މޮޔަވާވަރުވޭ. ނުކުޅެ, ތަމްރީނެއް ނުހަދަ ހުރެފަ ކިހިނެތް އަހަރެން އެނބުރި އަންނާނީ! ކޮން ކްލަބަކުން ދެން އަހަރެން ބޭނުންވާނީ!" އީއެސްޕީއެން އަށް ޕޮގްބާ ބުނެފައި ވެއެވެ.

ނަމަވެސް އޭގެ އަނެއްކޮޅުން އޭނާގެ ނަފްސަށް އިރުބާރު އޮތްކަމަށާއި, ގަސްތުގައި އޭނާ އެއްވެސް ގޯސް ކަމެއް ނުކުރާކަން އޭނާއަށް އެނގޭކަމަށްވެސް ޕޮގްބާ ބުނެފައި ވެއެވެ.

ސަސްޕެންޝަނާއެކު ޕޮގްބާ އޭރު ޔުވެންޓަސްއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައުމުގެ ކުރިން ޕޮގްބާ ޔުވެންޓަސް އަށް އޭނާގެ ފަހު މެޗު ކުޅޭދީފައިވަނީ 2023 ސެޕްޓެމްބަރުގައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow