އަލިފާން ރޯވި ވިނަރެސް ފްލެޓްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފި
އަލިފާން ރޯވި ވިނަރެސް ފްލެޓް: ފޮޓޯ-އެންޑީއެމްއޭ

އަލިފާން ރޯވި ވިނަރެސް ފްލެޓްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފި

7 hours ago - 13:26
Jun 23, 2025 - 13:26
Advertisement
Advertisement

އަލިފާން ރޯވި ވިނަރެސް ފްލެޓްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފިއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ވިދާޅުވީ ރޯވި ވިނަރެސް ފްލެޓް ހުރީ ދިރިނޫޅެވޭވަރު ވެފައި ކަމަށެވެ.

އެއެޕާރޓްމަންޓްގައި ދިރިއުޅުނު 4 މީހަކަށް 5 ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ. އެއީ ކެއުންވެސް ހިމެނޭ ގޮތަށެވެ. އަދި ދެމީހަކަށް އަންނައުނުވެސް ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

އަލިފާން ރޯވީ ހުޅުމާލޭ ވިނަރެސް ފްލެޓް 9B-13-06  އެޕާޓްމަންޓްގެވެ. އަލިފާން ނިއްވާލީ މިއަދު ހެނދުނު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ޓީމުން އެއެޕާރޓްމަންޓަށް ގޮހެވެ. މިހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement