
އިޒްރާއިލްގެ 'އަޔަން ޑޯމް' އަށް އީރާނުގެ ހަމަލާތައް ދިފާއުކުރަން ނުކުޅެދިފައިވާ މަންޒަރުތައް ދެއްކުން ސެންސަރުކުރަން އަންގާ ޤަވާއިދެއް!
އިޒްޜާއިލް އަކީ އެގައުމުގެ އުމުރަށްވުރެ ދޮށީ ސެންސަރުކުރުގެ އުސޫލެއް އޮންނަ ބައެއް
އިޒްރާއިލް އާ އީރަން އާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގައި އިޒްރާއިލްއަށް ލިބެމުންދާ ގެއްލުންތަކުގެ މައުލޫމާތު އާންމުކުރުމުކުމާ ބެހޭ އާ އުސޫލުތަކެއް އިޒްރާއިލްއިން ކަނޑައަޅައިފިއެވެ. އިޒްރާއިލްއިން މީޑިއާ ސެންސަރުކުރުމަށް މި ފިޔަވަޅުއެޅިއިރު އިޒްރާއިލްގެ ސަލާމަތީ ފަށަލަ 'އަޔަންޑޯމް' ފޫއަޅުވާލާ ގިނަ ހަމަލާތަކެއް އިޒްރާއިލްއަށް އަމާޒުވެ ގިނަ ގެއްލުން ތަކެއް ލިބެމުންމުންދާ ފޮޓޯތަކާއި ވީޑިއޯތައް ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.
އިޒްރާއިލްގެ އަސްކަރީ ސެންސަރ, ބްރިގޭޑިއާ ޖެނެރަލް ކޯބީ މެންޑެލްބްލިޓް ވަނީ އިޒްރާއިލްގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް އެމީހުން ހަބަރު ގެނެސްދިނުމުގައި އަާންމުކުރެވޭނެ ކަންކަމާއި ނުކުރެވޭނެ އެއްޗެހި ކަނޑައަޅާފައިވާ ގަވާއިދުތައް އަންގާފައެވެ.
އަލަށް ހެދި މި ގަވާއިދު ހާއްސަކޮށް ގުޅެނީ އިޒްރާއިލްއާ އީރާން އާ ދެމެދު މިހާރު ފެށިފައިވާ ހަނގުރާމައާއެވެ.އާ ޤަވާއިދުތަކާއެކު އީރާންގެ ހަމަލާތަކާ ގުޅިގެން އިޒްރާއިލްއަށް ކުރާ އަސަރާ ގުޅޭގޮތުން ނޫސްވެރިންނަށާއި އެޑިޓަރުންނަށް ހަބަރުތައް ގެނެވޭނެގޮތާއި ބެހޭގޮތުން އެއުސޫލުގައި ވަނީ ހާއްސަ ވަކިި ކަންތައް ތައް ހިމަނާފައެވެ.
ބުދަ ދުވަހު 'ރައިސިން ލަޔަންގެ ސެންސަރ ގައިޑްލައިންސް ފޮރ މީޑިއާ ކަަވަރޭޖް އޮފް އެޓޭކް އޮން ދި ހޯމް އޮފް އިޒްރާއިލް ފްރޮންޓް' ސުރުހީގެ ދަށުން ނެރެފައިވާ ސަަރކިއުލަރ އަކާއެކު އާންމުކޮށްފައިވާ ޤަވާއިދުގައި ފާހަގަކޮށްފައިވާ ނޫސްވެރިން ކުރުން މަނާ ކަންކަމަކީ;
- ހަމަލާތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ ސަރަހައްދުތަކުގެ ފޮޓޯ އާއި ވީޑިއޯ ނެގުން. ހާއްސަކޮށް އަސްކަރީ އިމާރާތް ތަކަށް ލިބިފައިވާ ގެއްލުންތައް ހާމަވާ ފޮޓޯ އާއި މަންޒަރު
- ޑްރޯން އާއި ވައިޑް އޭންގަލް ކެމެރާތައް ބޭނުންކޮށްގެން ގެއްލުން ލިބިފައިވާ ސަރަހައްދު ތަކުގެ ފޮޓޯއާއި ވީޑިއޯ ނެގުން
- ސަލާމަތީ ކަންކަން ހިމެނޭ ސަރަހައްދުތަކުގެ ތެރެއިން ގެއްލުންލިބިފައިވާ ތަންތަނުގެ ތަފްސީލީ މައުލޫމާތާއި ލޮކޭޝަން އާންމު ކުރުން
- އިޒްރާއިލްއިން ފޮނުވާ މިސައިލްތަކާއި އީރާންއިން ފޮނުވާ މިސައިލްތައް އިޒްރާއިލްގެ އެއަރ ޑިފެންސުން ހުއްޓުވާ މަންޒަރުތައް ނެގުން
- ވީޑިއޯތަކާއި ފޮޓޯތައް ސެންސަރުޕނުކޮށް މީސްމީޑިއާއަށް ލުން
އިޒްރާއިލްއިން މި އެންގުން އަންގާ ވަގުތުން ފެށިގެން އެއަށް އަމަލުކުރެވެމުން ދާނެކަމަށްވެސް ނޫސްވެރިންނަށް ވަނީ އަންގާފައެވެ.
އޭގެކުރިން އަންގާރަ ދުވަހު ހެނދުނު އިޒްރާއިލްގެ ބަނދަރު ސިޓީ, ހައިފާއަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ފޮޓޯ ނެގި ނޫސްވެރިއަކުވެސް އަކު އިޒްރާއިލްއިން ވަނީ ހައްޔަރުކޮށްފައެވެ.
އިޒްރާއިލްއަކީ އެގައުމުގެ އުމަރަށްވުރެ ވެސް ދޮށި ސެންސަރު އުސޫލެއް ގެންގުޅޭ ބައެކެވެ. ނޫސްވެރިކަމުގެ މިނިވަންކަން އިޒްރާއިލްގައި ފުރަތަމަ ހަނިކުރީ ދައުލަތެއްގެ ގޮތުގައު އިޒްރާއިލް އުފެދުމުގެ ކުރިން އިނގިރޭސިންގެ މެންޑޭޓްގެ ދަށުގައި ފަލަޞްތީން އޮތްއިރު 1945ގައެވެ.
މީޑިއާގެ މިނިވަަންކަން ހަނިކުރުން އެއްކިބާގައި އޮށްވާ އިޒްރާއިލްގެ ވެގެން ގޮސްފައިވަނީ ކުޑަދުވަސްކޮޅެްގެ ތެރޭގައި އެންމެ ގިނަ ނޫސްވެރިން މަރާލި ގައުމަށެެވެ. އިންޓަނޭޝަނަލް ފެޑޭރޭޝަން އޮފް ޖާނަލިސްޓް (އައިޖޭއެފް) އިން ބުނި ގޮތުގައި 2023 އޮކްޓޯބަރުން ފެށިގެން އިޒްރާއިލް އިން ޣައްޒާއިން އެކަނިވެސް ވަނީ 164 ނޫސްވެރިން މަރާލާފައެވެ. މީގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރި އަދި ލުބުނާނުންވެސް ނޫސްވެރިނަ މަރާފާއި ވާއިރު މިހާރު ދަނީ އީރާންގެ ނޫސްވެރިންވެސް މަރަމުންނެވެ.
އިޒްރާއިލްއިން އަލަށް އެކުލަވާލި އުސޫލާ ހިލާފަށް އަމަލުކޮށްފި ނަމަ އެއި 'ދުޝްމަނުންނަށް އެހީވުން' ނުވަތަ 'އިޒްރާއިލްގެ ސަލާމަތަށް ނުރައްކާކުރުން' ފަދަ ބޮޑެތި ޖިނާއީ ކުށްތަކަށް އަރައިގަތުން ކަމަށްވެސް އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
ރިއެކްޝަންސް






