ފީފާ ކްލަބް ވޯޑްކަޕް: ކޮންމެ ޓީމެއްވެސް އެއް މެޗު ކުޅެފި, ކުޅުންތެރިންނާއި ކޯޗުން ގަދަ ހޫނާއެކު ކަންބޮޑުވެފައި
ރެއާލްގެ ކުޅުންތެރިން ރޭގެ މެޗުގައި އަދި ކޯޗު ޒަބީ އަލޮންސޯ

ފީފާ ކްލަބް ވޯޑްކަޕް: ކޮންމެ ޓީމެއްވެސް އެއް މެޗު ކުޅެފި, ކުޅުންތެރިންނާއި ކޯޗުން ގަދަ ހޫނާއެކު ކަންބޮޑުވެފައި

5 hours ago - 22:38
Jun 19, 2025 - 22:47

އެމެރިކާގައި މިހާރު ކުރިއަށްދާ ކްލަބް ވޯލްޑްކަޕްގައި ކޮންމެ ޓީމެއްވެސް މިހާތަނަށް އެއް މެޗު ވަނީ ކުޅެފައެވެ. ނަމަވެސް ގަދަ ހޫނާއެކު މެޗުތައް ކުޅުމަކީ 'ވާވަރުކަމެއް ނޫން' ކަމަށް ގިނަ ކުޅުންތެރިންނާއި ކޯޗުން ވަނީ ބުނެފައެވެ.

ބައެއް މެޗުތައް ކުޅޭ ގަޑިތަކުގައިފިނިހޫނުމިން 85-90 ޑިގްރީ ފެރެންހެއިޓްއަށް އަރާކަމަށް ރެކޯޑްކުރެވިފައި ވެއެވެ. 

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަކީ އާންމުކޮށް ދިގު ޓްރެއިނިންގް ސެޝަންތައް ބާއްވާ ކޯޗެކެވެ. މޮރޮކޯގެ ވައިދަދް ކަސަބްލަންކާއާ ފުރަތަމަ މެޗުގައި ބައްދަލުކުރުމުގެ ކުރިން ފިލެޑެފިއާގައި ބޭއްވި ޓްރެއިންނިން ސެޝަން ފެށުނުތަނާ ދެގަޑިއިރު ވީއިރު ފިނިހޫނުމިން ހުރީ 90 ޑިގްރީ ފެރެންހެއިޓްއަށް އަރާފައެވެ 

ކުޅުންތެރިންބުނީ މިދުވަސްވަރު އެމެރިކާގައި ހޫނުގަދަވާނެކަން ކުރިންވެސް އެނގޭ ކަމަށާއި އެހެންކަމުން ކުޅުންތެރިންވެސް އަންނަނީ އެކަމަށް ހޭނުމަށް މަސައްކަތް ކުރަމުން ކަމުގައެވެ. އެހެން ނަމަވެސް މިއީ ކެތްކުރަން އުދަގޫ ކަމެއްކަމަށް ކުޅުންތެރިން ވަނީ ފާހަގަކޮށްފައެވެ.

Advertisement
Advertisement

އާދިއްތަ ދުވަހު ކެލިފޯނިއާގައި ފްރާންސްގެ ޕީއެސްޖީން ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް 4-0 ން ބަލިކުރި މެޗުގައި ވެސް ފިނިހޫނުމިން ހުރީ 90 ޑިގްރީ ފެރެންހެއިޓްގައެވެ. 

"މިއީ ވާވަރުކަމެއް ނޫން. އަހަރެންގެ ފައިގެ އިނގިލި ތަކުގައިވެސް ރިއްސާއެބަ. ނިޔަފަތިތަކަށް ވެސް ވަރަށް ތަދުވޭ. އެކަމަކު އެންމެންވެސް އުޅޭނީ މިހާލުގަ ހަމަ.އެހެންވެ ޝަކުވާ ނުކޮށް ހުންނަނީ" އެދުވަހު މެޗަށްފަހު އެތްލެޓިކޯގެ މެދުތެރެއަށްކުޅޭ މާކޯސް ލޮރެންޓޭ ބުނެފައި ވެއެވެ.

ރޭ އަލް ހިލާލް އާ ބައްދަލުކޮށް 1-1 ން އެއްވަރުވި މެޗުގެ ކުރިން ރެއާލް މެޑްރިޑްގެ ފަރޕިތަކުރުންތައް ފްލޮރިޑާގައި އޮތްއިރު އައިސްކިއުބްތައް އަތުގައި ހާކައިގެން ހަށިގަނޑު ފިނިކުރެވޭތޯ ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ މަސައްކަތްކުރާތަންވެސް ފެނިގެން ގޮސްފައި ވެއެވެ.

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނީ މި ހޫނަކީ ޔޫރަޕްގެ ސަޕޯޓަރުންނަށް ރަނގަޅެއް ކަމަށްވިއަސް ޓީމްތަކުން އަންނަނީ ގަދަ ހޫނާއެކު ވަރަށް ވޭން އިހްސާސް ކުރަމުން ކަމަށެވެ.

ފީފާއިން ވަނީ 2014 ން ފެށިގެން ގަދަހޫނުގައި ބާއްވާ މުބާރާތްތަކަށް އުސޫލެއް ކަނޑައަޅާފައެވެ. ނަމަވެސް އެއީ ހަމައެކަނި 'ކޫލިން ބްރޭކް' ނެގުމުގެ އުސޫލެކެވެ. އެއީ އެތަނެއްގެ އެވަރެޖް ފިނިހޫނުމިން 32 ޑިިގްރީ ސެލްސިއަސް ނުވަތަ 89.6 ފެރެންހެއިޓްއަށްވުރެ މައްޗަށް ގޮސްފިނަމަ އިތުރު ދިޔާތަކެތި ކުޅުންތެރިންނަށް ހުއްދަކުރާ އުސޫލެެކެވެ.

މިދިޔައަހަރު އަމެރިކާގައި ބޭއްވި ކޮޕާ އެމެރިކާގައިވެސް ހޫނު ދަގަވެ, ހަށިގަނޑުން ފެންމަދުވުމުގެ ސަބަބުން ދެ ހާދިސާއެއް ކުޅުންތެރިންނަށް ދިމާވެފައި ވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow