ޤާނޫނާ ހިލާފަށް ސިގިރެޓް އެތެރެކޮށް ވިޔަފާރި ކުރާތީ ބަނގްލަދޭޝް މީހަކު ހައްޔަރުކޮށްފި
ވަގަށް އެތެރެކުރި ސިގިރެޓް: ފޮޓޯ-ދިވެހި ފުލުހުން

ޤާނޫނާ ހިލާފަށް ސިގިރެޓް އެތެރެކޮށް ވިޔަފާރި ކުރާތީ ބަނގްލަދޭޝް މީހަކު ހައްޔަރުކޮށްފި

11 months ago - 15:24
May 25, 2025 - 15:24
Advertisement
Advertisement

ޤާނޫނާ ހިލާފަށް ސިގިރެޓް އެތެރެކޮށް ވިޔަފާރި ކުރާތީ ބަނގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލައިގައި ހައްޔަރުކުރީ ބަނގްލަދޭޝްގެ އައަބްދުލް ކަރީމް، ބަންގްލަދޭޝް (45އ) އެވެ.

ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކުރީ ގާނޫނާއި ގަވާއިދާ ހިލާފަށް ދުންފަތް ރާއްޖެ އެތެރެކޮށް ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެރޭ 12:15 އެހައިކަންހާއިރު ވިލިމާލެ ފުލުހުން ހިންގި މި އޮޕަރޭޝަނެއްގައެވެ. ފުލުހުން ވިދާޅުވީ މައްސަލައާ ގުޅިގެން ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓަރ ބްރޭންޑުގެ 32 ކާޓޫނު ސިނގިރެޓް ފެނުނު ކަމަށެވެ.

ހައްޔަރުކުރި އަބްދުލް ކަރީމް އަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއްވެސް މެއެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement