ސަމާލުވޭ, ސްކޭމްކޮށްގެން ހަފްތާއެއްގެ ތެރޭގައި ގެއްލުނު ފައިސާގެ އަދަދު 4 ލައްކަ އަށްވުރެ މަތި
ްސްކޭމްގެ މައްސަލަތަކަށް ސަމާލުވާން ފުލުހުން ވަނީ އެދިފަ

ސަމާލުވޭ, ސްކޭމްކޮށްގެން ހަފްތާއެއްގެ ތެރޭގައި ގެއްލުނު ފައިސާގެ އަދަދު 4 ލައްކަ އަށްވުރެ މަތި

ގެއްލުނު ފައިސާގެ %80 ހޯދި

6 hours ago - 12:53
May 22, 2025 - 12:55
Advertisement
Advertisement

 ސްކޭމްކޮށްގެން ފާއިތުވި ހަފްތާގެ ތެރޭގައި ހަތަރު ލައްކަ އަށްޑިހަ އެއްހާހަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ސްކޭމްކޮށްގެން ގެއްލުނު 481,520.67 ރުފިޔާގެ ތެރެއިން %80 ވަނީ އަނބުރާ ހޯދާފައެވެ. އެއީ 383,610.08 ރުފިޔާ އެވެ.

އެއީ މި މަހުގެ 13 އިން 19 ވަނަ ދުވަހުގެ ނިޔަލަށް ރެކޯޑްކުރެވިފައިވާ ސްކޭމް މައްސަލަތަކުގެ ތަފާސްހިސާބުން ދައްކާވަރެވެ. އެމުއްދަތުގެ ތެތޭގައި އެ ސެންޓަރަށް 45 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަތަކެވެ. އެބާވަތުގެ 26 މައްސަލަ ހުށަހަޅާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެންމެ ގިނައިން ސްކޭމަރުން ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސްއެވެ. ފޭސްބުކް މާކެޓްޕްލޭސް 20 މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ފާއިތުވި އެއް ހަފްތާގެ ތެރޭގައި ހުށަހަޅާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެއިތުރުން ހުށަހެޅުނު މައްސަލަތަކަކީ:

▪️ ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް - 10 މައްސަލަ

Advertisement
Advertisement

▪️ ފޯނު މެދުވެރިކޮށް ހިންގާ ސްކޭމް - 5 މައްސަލަ

▪️ އިމްޕާރސަނޭޝަން، ފިޝިންގ، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލަ  ކޮންމެ ބާވަތަކުން 1 މައްސަލަ

ސްކޭމްކުރުމަށް ބޭނުންކޮށްފައިވާ އެހެނިހެން ވަސީލަތްތަކަށް ބަލާއިރު ވައިބަރ އާއި އައިބޭ، މެސެންޖަރ، ޓެލެގްރާމް، އަދި އިންސްޓަގްރާމް ހިމެނެއެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އިތުރަށް ސަމާލުކަން ދިނުމަށް އެދި އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement