
ތެލެސީމިއާ ސެންޓަރު މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުކުރަނީ
ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ހަރުދަނާ ކުރެއްވުމަށްޓަކައި، އެ ސެންޓަރު މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް.ބީ.އެސް) ގެ ހިންގުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ހަވާލުކުރެވޭނެ ކަމަށާއި، އަދި މި ބި ބަދަލުގެ ސަބަބުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެހީގައި ތެލެސީމިއާ ކުދިންގެ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ.
ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖު ހިޔާއަށް ބަދަލުކުރަން ނިންމަވާ އިނާރާތްވެސް މިހާރު ވަނީ ނިންމާފައެވެ. މި ބަދަލާއެކު ޖާގަ ތަނަވަސްވެ، ވަސީލަތްތައް އިތުރުވެގެންދާނެ ކަމަށާއި، މިކަމަށް ބޭނުންވާ ބަޖެޓު ހަމަޖެއްސުމަށް ހުއްދަ ދެއްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހެދުމުގެ ވަޢުދު ފުއްދުމުގެ ގޮތުން 14 ކުއްޖަކަށް މިހާރު އެ ޚިދުމަތް ފޯރުކޮށްދެވެމުންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި ތެލެސީމިއާއަށް ޚާއްޞަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް ފެށިފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރިއެކްޝަންސް






