
24 ގަޑިއިރު ތެރޭގައި ޔަމަނަށް އިޒްރާއިލްގެ ހަމަލާތައް ދެވަނަބުރަށް، މިފަހަރު ވެރިރަށް ސަނާއަށް
އިޒްރާއިލްއިން ޔަމަނުގެ ވެރިރަށް ސަނާގެ އެއަރޕޯޓަށް ހަމަލާދީފިއެވެ. މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރާލް އިން ޔަމަނަށް ހަމަލާތަކެއް ދިން ދެވަނަ ފަހަރެވެ. އޭގެކުރިން ހޮދައިދާ ޕޯޓަށް ވަނީ 50 ށްވުރެ ގިނަ ވައިގެ ހަމަލާ އެއްފަހަރާ ދީފައެވެ.
އެއަރޕޯޓަށް ހަމަލާ ދިނުމުގެ ކުޑައިރުކޮޅެއްކުރިން އިޒްރާއިލުންވަނީ އާންމުން އެއަރޕޯޓް ސަރަހައްދު ދޫކޮށް "ވަގުތުން ދިއުމަށް" އަންގާފައެވެ.
ހަމަލާއަށްފަހު ފުރަތަމަ ރިޕޯޓްތައެ ބުނާގޮތުން އެއަރޕޯޓަށް ލިބުނު ގެއްލުމުގެ މައުލޫމާތެއް އަދި މީހަކު ޒަހަމްވީކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް އިޒްރާއިލްއިން ބުނެފައިވަނީ އެއަރޕޯޓަށް ދިން ހަމަލާގައި އެއަރޕޯޓް ވަނީ "އެއްކޮށް ބޭނުންނުކުރެވޭ ވަރު" ވެފައި ކަމަށެވެ.
އޭގެކުރިން ހޮދައިދާ ޕޯޓަށް ދިން ހަމާގައި 2 މީހަކު މަރުވެ 21 މީހަކު ޒަހަމްވެފައި ވެއެވެ.
އިޒްރާއިލްއިން ޔަމަނަށް ދޭ ހަމަލާތައެ ވަރުގަދަކޮށްފައި މިވަނީ މީގެ އެއްދުވަސްކުރިން ޔަމަނުން އިޒްރާއިލްގެ މައި އެއަރޕޯޓް، ވެރިރަށް ތެލް އަވީވްގައި ހުންނަ ބެން ގޫރިއަން އެއަރޕޯޓުގެ ޕެރިމީޓަރުގެ ތެރެއަށް ބެލިސްޓިލް މިސައިލް ހަމަލާއެއް ދީފައިވާތީވެ، އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. ހަމަލާއާ ގުޅިގެން އިޒްރާއިލް ކުއްލި ހާލަތަކަށް އައިސް އެއަރޕޯޓްގެ އޮޕަރޭޝަންތައްވެސް ވަނީ ގިނައިރުތަކަކަށް މެދުކަނޑާލާފައެވެ.
ރިއެކްޝަންސް






