އެންމެ ގިނަ މިސްކިތް އެއް އަހަރެއްގެ ތެރޭގައި ބިނާ ކުރެވޭނީ މި އަހަރު: ރައީސް މުއިއްޒު
ހުޅުމާލޭގައި މިސްކިތެއްގެ ބިންގާ އެޅުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

އެންމެ ގިނަ މިސްކިތް އެއް އަހަރެއްގެ ތެރޭގައި ބިނާ ކުރެވޭނީ މި އަހަރު: ރައީސް މުއިއްޒު

19 hours ago - 12:06
May 3, 2025 - 12:08
Advertisement
Advertisement

މި އަހަރަކީ އެއް އަހަރެއްގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނަ މިސްކިތް ބިނާ ކުރެވިގެންދާނެ އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވީ މި އަހަރާއި އަންނަ އަހަރު ރާއްޖޭގައި 50 އައު މިސްކިތް އިމާރާތްކުރުމަށް ނިންމާފައިވާ ކަމަށާއި، އަދި މީގެ ތެރެއިން 20 މިސްކިތެއްގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށެވެ.

މިހާރު 21 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އިތުރު 17 މިސްކިތެއްގެ މަސައްކަތް ދާދި އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ އެއް އަހަރެއްގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނަ މިސްކިތް ބިނާކުރެވޭ އަހަރު ކަމަށްވެސް ވިދާޅުވިއެވެ.

Advertisement
Advertisement

ރައީސް އިތުރަށް ވިދާޅުވީ ވަޤުފު އިންވެސްޓްމަންޓްތަކަށް ސަރުކާރުން އިސްކަންދޭ ކަމަށާއި، މިގޮތުން ހުޅުމާލޭގައި "ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް" އާއި މާލޭގައި "ދާރުލްއަރްޤަމް" އިމާރާތްކުރުމުގެ މަސައްކަތް ޕްރީޓެންޑަރިންގ މަރުހަލާގައިވާ ކަމަށެވެ.

މީގެ އިތުރުން، ރަސްފަންނު ކައިރީގައި ކީރިތި ޤުރުއާނާ ބެހޭ ޚާއްޞަ ވަޤުފު އިމާރާތެއް އެޅުމަށް 10،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާ ކަމަށާޢި، އަދި މި އިމާރާތްތަކުން ލިބޭ އާމްދަނީ ދީނީ ކަންކަމަށް ޚަރަދުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement