ލިވަޕޫލް މޮޅުވި މެޗުގައި އާނޯލްޑްގެ ގޯލަށްފަހު ފެނުނީ ކްލަބަށް ވަދާއު ކިއުމުގެ އަމަލެއް!
އާނޯލްޑްގެ އައިކޮނިކް ސެލެބްރޭޝަން. ފޮޓޯ: ރޮއިޓާސް

ލިވަޕޫލް މޮޅުވި މެޗުގައި އާނޯލްޑްގެ ގޯލަށްފަހު ފެނުނީ ކްލަބަށް ވަދާއު ކިއުމުގެ އަމަލެއް!

5 hours ago - 07:33
Apr 21, 2025 - 07:53

ރޭ ޕްރިމިއަރ ލީގުގައި ލިވަޕޫލްގެ ހަމައެކަނި ގޯލް ކާމިޔާބު ކުރުމަށްފަހު ޓްރެންޓް އަލެގްޒެންޑަރ އާނޯލްޑްގެ ފަރާތުން ފެނިގެން ދިޔަ އުފާފާޅުކުރުމުގެ އަމަލަކީ ކްލަބަށް ވަދާއު ކިއުމުގެ އަމަލެއްކަމުގެ އަޑުތައް ގަދަވެއްޖެއެވެ.

އާނޯލްޑް ވަނީ ގޯލް ޖެހުމަށްފު އޭނާގެ ޖަރސީ ބާލާ, ހުސްޔާއެކު ކިންގަސް ޕަވަރ ސްޓޭޑިއަމްގެ ކޯނަރު ދަނޑިގައި އޭނާގެ ޖަރސީ އަޅުވާލާފައެވެ. މިއީ ލިވަޕޫލްއިން ލީގު ހޯދާ މި ސީޒަނުގައި އައިކޮނިކް ފޮޓޯއަކަށް ވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ.

ރޭގެ މެޗަށްފަހު ރެލިގޭޓް ވެފައިވާ ލެސްޓަރަ ސިޓީއަތުން ފަހު ވަގުތު ހޯދި 1-0 ގެ މޮޅާއެކު ލިވަޕޫލްގައި އާނޯލްޑްގެ ކުރިމަގާ ބެހޭގޮތުން އުފެދިފައިވާ ސުވާލުތަކަށް އަދިވެސް ޖަވާބެއް ނެތެވެ.

އަލެގްސަނޑަރ އާނޯލްޑް އޭނާގެ ކްލަބާއި ޤައުމު ދޫކޮށް ރެއާލާއެކު ސްޕެއިންގައި އާ ކެރިއަރެއް ބިނާކޮށްފާނެބާ! އާނޯލްޑް އާއި ލިވަޕޫލް ފޭނުންނާ ދެމެދު އޮތް ޒަމާންވީ ލޯބި, ފޭނުން ކިޔާގޮތުންނަމަ "ސްކައުސަރ އިން އަވ ޓީމް" ދުކޮށް ހިނގައިދާނެބާ!

Advertisement
Advertisement

މި ސުވާލުތަކުގެ ހަޤީގީ ޖަވާބު އެނގޭނީ ހަމައެކަނި އާނޯލްޑް, ލިވަޕޫލް ނުވަތަ ރެއާލް މެޑްރިޑް އަށެވެ. އެކަމަކު މިވަގުތު ލިވަޕޫލްގައި މިފަދަ ޙާއްސަ ސެލެބްރޭޝަން ދައްކާލުން މިއީ ލިވަޕޫލްގެ ފޭނުންނަށް ޖަބާކަށް ފުދޭވަރުގެ ކަމެކެވެ.

އާނޯލްޑްގެ ލިވަޕޫލްގެ މުސްތަޤުބަލާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ފެންމަތިވެފައި މިވަނީ ދާދި ފަހުން އެކްލަބްގެ މުޙައްމަދު ޞަލާޙް އަދި ވާޖިލް ވެންޑައިކް އިތުރު ދެ އަހަރަށް ލިވަޕޫލްގައި މަޑުކުރުމަށް އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ. އެކަމަކު 26 އަހަރުގެ އާނޯލްޑް, އޭނާގެ ޒުވާންފުރައިން ފެށިގެން ކުޅެމުން އަންނަ ކްލަބުގައި މަޑުކުރާނެތޯ ނުވަތަ ނޫންތޯ އަދިވެސް ވަނީ ސުވާލުމާކެއް ތެރޭގައެވެ.

"އަހަރެން ނެތިން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާކަށް. އެކަމުގެ ތަފްޞީލަށް ދާކަށް. އެކަމަކު މިކަހަލަ ދުވަސްތަކަކީ ވަރަށް ޙާއްސަ ދުވަސް, ދުވަސް. ގޯލް ޖެހުމާއި, މެޗު ކުޅުމާއި, އެމެޗުން މޮޅުވުމަކީ, އަދި ތަށި ކާމިޔާބުކުރުމަކީ. އެއީ އަހަންނަށް ވަރަށް ޙާއްސަ ވަގުތުތަކެއް އަދި އެކަމުގައި އަހަރެންގެ ހިއްސާއާމެދު އަހަރެން އުފާވޭ" އާނޯލްޑް އީއެސްޕީއެން އަށް ބުނެފައި ވެއެވެ.

އާނޯލްޑްގެ ކުރިމަގާ ބެގޭގޮތުން ވާހަކަ ދެއްކުމަށް އުރުޒުވެރިވަމުން ކޯޗު އާނެ ސްލޮޓްވެސް ބުނީ އޭނާއަށް ދެވެން އޮތް ޖަވާބަކީ އާނޯލްޑްގެ ގޯލާ ބެހޭގޮތުން ވާހަކަދެއްކުން ކަމަށެވެ. ސަމާލުކަން ދޭންވީ އޭނާގެ ގޯލަށް ކަމަށާއި, ލިވަޕޫލްއާއެކު އޭނާ ހޭދަކުރި ގިނަ އަހަރުތަކުގައި ކަލްބާއެކު އޭނާ ހޯދާފައިވާ ކާމިޔާބީތަކަށް ކަމުގައެވެ.

ރޭގެ މެޗުގައި ލިވަޕޫލްއިން ކުޅުނީ ޗެޕްމިއަން ހޯދާނެ ޓީމުކަން ދެނެތިބެގެންނެވެ. އަދި ލެސްޓަރ އިންވެސް ކުޅުނީ އެމީހުން ރެލިގޭޓްވާނެ ކަމަށް ބަލައިގެންނެވެ. ސްކްރިޕްޓްގެ ފަހު ބައި ލިއުނީ އަލެކްސަންޑަރ އާނޯލްޑްއެވެ. މެޗު ނިމެން 19 މިނިޓަށް ވެފައި ވަނިކޮށް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ލިވަޕޫލް މޮޅުކޮށްދިން އަނޯލްޑް އެނބުރި ކުޅުމުގެ ތެރެއަށް އައީ މާޗު ކުރީކޮޅުންފެށިގެން ކަކުލަށް ލިބުނު އަނިޔާ އަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށް ފަހުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow