ގަން އެއަޕޯރޓް މަޝްރޫޢުގެ ތެރެއިން މަގެއް އުނިކުރީ ހުސްކުރަން ޖެހޭ ޢިމާރާތެއް ހުސްކުރަން ހުއްދަ ނުލިބިގެން- މިނިސްޓަރ
ގަން އިންޓަރނޭޝަނަލް އެއަޕޯރޓްގެ ރަންވޭ: ފޮޓޯ-ޕީއެސްއެމް ނިއުސް

ގަން އެއަޕޯރޓް މަޝްރޫޢުގެ ތެރެއިން މަގެއް އުނިކުރީ ހުސްކުރަން ޖެހޭ ޢިމާރާތެއް ހުސްކުރަން ހުއްދަ ނުލިބިގެން- މިނިސްޓަރ

ވަކި މަޝްރޫއެއްގެ ގޮތުގައި އެމަގުގެ މަސައްކަތް ކުރާނެ

6 hours ago - 21:29
Apr 7, 2025 - 21:32
Advertisement
Advertisement

ގަން އިންޓަރނޭޝަނަލް އެއަޕޯރޓް މަޝްރޫޢުގެ ތެރެއިން މަގެއްގެ މަސައްކަތް އުނިކުރީ ހުސްކުރަން ޖެހޭ ޢިމާރާތެއް ހުސްކުރަން ހުއްދަ ނުލިބިގެން ކަމަށް ކޮންސްޓްރަކްޝަން  މިނިސްޓަރ ޑރ.ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އެކަން ސާފްކޮށްދެއްވީ އެމަގުގެ މަސައްކަތް މަޝްރޫޢުގެ ތެރެއިން އުނިކުރުމުން އައްޑޫ ސިޓީ ކައުންސިލް ހިމެނޭ ގޮތަށް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ ޢިމާރާތެއް ހުސްނުކުރެވި އެ ބިން ކޮންޓްކްޓަރާއި ޙަވާލުނުކުރެވުމުގެ ސަބަބުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭފަދަ ހާލަތެއް މެދުވެރިވެ ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެތީ އެ ޢިމާރާތް ހިމެނޭ ސަރަޙައްދުގެ މަގުގެ ބައި ޕްރޮޖެކްޓުން އުނިކުރަން ބޭނުންވާކަން ކޮންޓްރެކްޓަރަށް އެންގުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށް ވާނީ އަންގާފައިވާކަން މިނިސްޓަރ ޔަގީންކޮށްދެއްވިއެވެ.

ވަޒީރު ވިދާޅުވީ އެ ޢިމާރާތަކީ އަދި ޢިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަރނޭނަލް އެއަރޕޯޓް ކޮންޕެނީގެ މިލްކެއް ކަމަށެވެ. އެހެން ނަމަވެސް 2 އަހަރެއްހާ ދުވަހު މަސައްކަތްކޮށްގެންވެސް އެ ޢިމާރާތް ބޭނުން ކުރަމުންދާ ފަރާތުން ތަން ހުސްކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮންޕެނީއިން އެބިން ކޮންޓްރެކްޓަރާ ޙަވާލު ނުކުރެވިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

" މި ކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަމެވެ. އަދި މިމަހު 17 ގެ ކުރިން މިކަމަށް ޙައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެއެވެ. އަދި ބިން ހުސްނުކުރެވި މި ޕްރޮޖެކްޓް އިން ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ވާހަކަވެސް ދަންނަވަމެވެ." މިނިސްޓަރ ވިދާޅުވިއެވެ.

Advertisement
Advertisement

ވަޒީރު ވިދާޅުވީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު އެ ޢިމާރާތް ހުސްކުރެވި ކޮންޓްރެކްޓަރާ ވީހާވެސް އަވަހަކަށް ޙަވާލުކުރެވޭ ގޮތްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement