ފޮރިން މިނިސްޓަރު  ޑރ. އަބްދުﷲ ހަލީލް މޯލްޓާއަށް
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް / ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މޯލްޓާއަށް

12 months ago - 20:34
Apr 7, 2025 - 21:18
Advertisement
Advertisement

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރުފުޅެއްގައި މޯލްޓާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިނިސްޓަރު ޑރ. ހަލީލްގެ މި ދަތުރުފުޅުގެ ތެރެއިން މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ، ދެ ގައުމުގެ ގުޅުން ކުރިއެރުވޭނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އެ ގައުމުގެ އެހެން ބައެއް ވަޒީރުންނާވެސް ބައްދަލު ކުރައްވާ ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން ވެސް މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ.

މިބައްދަލުވުންތަކުގައި މަޝްވަރާކޮށް ގުޅުން ބަދަހިކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއާއި، އަދި ވިޔަފާރީގެ ދާއިރާ ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓަރު ހަލީލްގެ އަރިހުގައި މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަނީ ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement