
އެޗްޑީސީ ޑިރެކްޓަރުންގެ ބޯޑުން މުޙައްމަދު ވަޙީދު ވަކިކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން މުޙައްމަދު ވަޙީދު މިއަދު ވަކިކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުރި އެކްސް ޕޯސްޓެއްގައެވެ.
ޕީސީބީން ވިދާޅުވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމުން މުޙައްމަދު ވަޙީދު މިއަދު ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
މުޙައްމަދު ވަޙީދު އެޗްޑީސީ ބޯޑަށް އައްޔަންކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ވަނީ ވެމްކޯ އާއި ހައުސިން މިނިސްޓްރީގައި މެނޭޖަރ ލެވެލްގައި މަސައްކަތް ކުރައްވާފައެވެ.
ރިއެކްޝަންސް






