ހާލަންޑް ހަތް ހަފުތާއަށް ކުޅުމާ ދުރަށް!
ހާލަންޑަށް އަނިޔާވެ ދަނޑުމަތީގައި އިށިއިނދެލައިގެން. އޭނާއަށް ސީޒަން ވަނީ ގާތްގަނޑަކަށް ނިމިގފައި. ފޮޓޯ: ޕްރިމިއަރ ލީގު

ހާލަންޑް ހަތް ހަފުތާއަށް ކުޅުމާ ދުރަށް!

1 day ago - 00:10
Apr 2, 2025 - 00:28

މެންޗެސްޓަރ ސިޓީގެ ފޯވާޑް އާލިންގ ބްރައުޓް ހާލަންޑަށް އަނިޔާވެ ހަތް ހަފުތާއަށް ކުޅުމާ ދުރަށް ދާންޖެހިދާނެކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ. ހާލަންޑްގެ ވައަތު ފައިގެ ކުޑަހުޅަށް އަނިޔާވީ އާދިއްތަ ދުވަހު އެފްއޭކަޕް ކުއާޓަރ ފައިނަލްގައި ބާންމައުތާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ވައިޓާލިޓީ ސްޓޭޑިއަމްގައި ކުޅެ 2-1 ން ސިޓީ މޮޅުވި މެޗުގައި ހާލަންޑަށް އަނިޔާވެ ކުޅުން ކުރިއަށް ނުގެންދެވިގެން ބަދަލުކުރިއިރު ސްޓޭޑިއަމުން ހާލަންޑް ނިކުތީވެސް ޕްރޮޓެކްޓިވް ބޫޓަކަށް އަރައިގެންނެވެ. މި ހަފުތާގެ ތެރޭގައި އޭނާ ސްޕެޝަލިސްޓަކަށް ދައްކާނެއެވެ.

24 އަހަރުގެ ނޯވޭގެ ކުޅުންތެރިޔާވަނީ 60 ވަނަ މިނިޓްގައި މެޗު ދޫކޮށް ދިއުމުގެ ކުރިން ގޯލެއްޖަހާ ވަނީ ސިޓީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުން ސިޓީ މޮޅުވި ގޯލް ކާމިޔާބުކުރީ ހާލަންޑްގެ ބަދަލުގައި ކުޅެން ނިކުއިން އޮމަރް މަރްމޯޝް އެވެ.

އެފްއޭ ކަޕް ސެމީ ފައިނަލްގައި އެޕްރީލް 26 ވަނަ ދުވަހު ސިޓީ ނިކުންނާނީ ނޮޓިންގްހަމަ ފޮރެސްޓާ ދެކޮޅަށެވެ. މިއީ މިސީޒަނުގައި ސިޓީއަށް ތައްޓެއްގައި އަތްލެވުމާ އެންމެ ގާތަށް ދެވުނު ފަހަރެވެ. ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެޕްމިއަން ސިޓީއަށް މިސީޒަނުގައި ގަދަ ހަތަރެއްގައި ހިފަހައްޓާލެވޭ ވަރުވެސް ނުވެއެވެ. މިހާރުވެސް ސިޓީ ފަސްވަނައިގައި އޮތީ ތާވަލްގެ ކުރީގައި އޮތް ލިވަޕޫލާ 22 ޕޮއިންޓްގެ ފަރަގަކާ އެކުއެވެ.

Advertisement
Advertisement

އަނިޔާއިން އަރައިގަނެ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑްކަޕްގައި ހާލަންޑްއަށް ކުޅެވޭނެ ކަމަށް ސިޓީން އުއްމީދު ކުރެއެވެ. ގާޑިއޯލާ ބުނީ މިސީޒަނުގެ ބާކީބައި ހާލަންޑަށް ގެއްލުން ގާތްކަމަށާއި, ނަމަވެސް ޕްރިމިއަރ ލީގުގެ ފަހު މެޗުތަކުގައި ފެނުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.

"ޑޮކްޓަރުން އަހަރެން ކައިރީ ބުނި ފަހެއް ނޫނީ ހަތް ހަފުތާވަރު ވާނެއޭ. އެހެންވީމަ އުއްމީދު މިކުރަނީ ސިޒަންގެ ފަހުކޮޅު, އެއީ ކްލަބް ވޯލްޑްކަޕް ފެށުމުގެ ކުރިން އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އަންނަށް ރެޑިވާނެހެން" އަންގާރަ ދުވަހު އީއެސްޕީއެންއަށް ގާޑިއޯލާ ބުނެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow