ސަމާލުވޭ! އާރުޓީއެލް ބަސްތަކާއި ގުޅުވައިގެން ސްކޭމެއް
އާރުޓީއެލް ބަސް މިއަދު ގިނަބަޔަކު ބޭނުންކުރާ ޚިދުމަތެއް / ފޮޓޯ:އެމްޓީސީސީ

ސަމާލުވޭ! އާރުޓީއެލް ބަސްތަކާއި ގުޅުވައިގެން ސްކޭމެއް

1 year ago - 12:11
Mar 3, 2025 - 12:16
Advertisement
Advertisement

އާރްޓީއެލް ބަސްތަކުން ހިލޭ ދަތުރުކުރެވޭނެ ކަމަށް ބުނެ ހިންގަމުންދާ ސްކޭމަކާ ގުޅޭ ގޮތުން ސަމާލުވުމަށް އެމްޓީސީސީން އެދިއްޖެއެވެ.

އެމްޓީސީސީން އެކްސް މެދުވެރިކޮށް ބުނީ މި ސްކޭމް ހިންގަމުންދަނީ ."މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމަކަށް ކިޔާ ފޭސްބުކު ޕޭޖަކުން ކަމަށެވެ.

މި ސްކޭމް ހިންގާ ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "ސްމާޓް ޕާސް" އަކާއެކު 3 މަސްދުވަހުގެ މުއްދަތަށް އާރުޓީއެލް ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށާއި އަދި 500 ކާޑު އެންމެ 34.64 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށެވެ. އަދި މި ޑީލް ކުރިއަށްދާނީ 7 ދުވަހުގެ މުއްދަތަށް ކަމަށްވެސް މި ޕޭޖުގައި ލިޔެފައިވެއެވެ.

އެމްޓީސީސީން ބުނެފައިވަނީ އެ ކުންފުނީގެ ފަރާތުން އައު ޚިދުމަތެއް ތަޢާރަފް ކުރާނަމަ، ރަސްމީކޮށް އިޢުލާން ކުރާނެ ކަމަށާއި، އަދި މި ސްކޭމް ހިންގާ ފަރާތާއި އާރްޓީއެލްއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އެމްޓީސީސީން ވަނީ މި ސްކޭމް ކުށްވެރިކޮށް، އެފަރާތުން ދީފައިވާ ލިންކާ މެދު ސަމާލުވުމަށް އާއްމު ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement