ފްލެޓް ލިސްޓް އިއުލާނުކުރުން މިއަދު
މިނިސްޓަރ މުއަތަލިބު މިއަދު ތަފްސީލް ދެއްވާނެ

ފްލެޓް ލިސްޓް އިއުލާނުކުރުން މިއަދު

1 year ago - 10:49
Feb 27, 2025 - 10:49
Advertisement
Advertisement

4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އިއުލާނުކުރަން ސަރުކާރުން ތައްޔާރުވެއްޖެއެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓް މިއަދު އިއުލާނުކުރައްވާނެ ކަމަށް މިހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު

މުއިއްޒު ވަނީ ވިދާޅުވެފައެވެ. މިއަދު 13:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ  މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ދެއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ތާވަލްކޮށްފައެވެ. އެއީ ފްލެޓް ލިސްޓް އިއުލާނުކުރުމާ އެކަމާ ގުޅޭ މައުލޫމާތު ހިއސާކުރުމަށް ބާއްވާ ޕްރެސް އެކެވެ.

މިއަދު އިއުލާނުކުރަނީ 4000 ފްލެޓް ލިބުނު ކަމަށް މިދިޔަ ސަރުކާރުން ގެޒެޓްކުރި ލިސްޓްގެ ރިވިއުއެވެ. ލިސްޓް ރިވިއުކޮށް ލިބޭ ފަރާތްތައް ކަނޑައަޅާ ނުލިބޭ ފަރާތްތަކަށް ސަބަބު ބަޔާންކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅިވެފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ހުރީ އެކި މަރުހަލާގައެވެ. މުޅިން ނިމި ވަދެވޭ ހާލަތުގައިވެސް ފްލެޓްތައް އެބަހުއްޓެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement