ދިރާސީއަހަރު ނިންމާ ދަރިވަރުންނާއި ޓީޗަރުން 35 ދުވަހުގެ ޗުއްޓީއަކަށް

ދިރާސީއަހަރު ނިންމާ ދަރިވަރުންނާއި ޓީޗަރުން 35 ދުވަހުގެ ޗުއްޓީއަކަށް

1 year ago - 12:09
Feb 27, 2025 - 12:18
Advertisement
Advertisement

ރޯދަމަހާ ދިމާކޮށް ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ދަރިވަރުން 35 ގެ ޗުއްޓީ އެއް މިއަދު ފަށައިފިއެވެ.

ރާއްޖޭގެ 216 ސްކޫލެއްގައި މިއަދު ކުދިންނަށް ރިޕޯޓް ފޮތް ދީ، އަހަރީ ޗުއްޓީ ވަނީ ފަށާފައެވެ. ދެން ކިޔެވުން ފެށޭނީ އޭޕްރީލް 7 ވަނަ ދުވަހު އެވެ. އެހެންވެ، ކުރިއަށް އޮތް ރޯދަމަސް އެއްކޮށް ސްކޫލް ކުދިންނަށް ކިޔެވުން ބަންދުވާނެ އެވެ.

2025 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރުގައި ވާގޮތުން ދިރާސީ އާ އަހަރު އަހަރުގެ ކިއެވުން 7 އެޕްރީލުގައި ފެށި 81 ދުވަހުގެ ކިޔަވައި ދިނުމަށްފަހު ފުރަތަމަ ޓާމު ޗުއްޓީ ފެށޭނީ ޖުލައި 24 ގައެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓު މަހު 10 ގައެވެ. އެކުޖުމުލަ 180 ދުވަހުގެ ކިޔަވައި ދިނުމަށްފަހު ދިރާސީ އާ އަހަރު ނިމޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 25 ގައެވެ.

ސްކޫލްތަކަށް މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 26، 2026 އަށެވެ. ނަމަވެސް އަންނަ 2026 ވަނަ އަހަރު، ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ. 

ކޮންމެ އަހަރެއްގެ ދިރާސީ އަހަރު ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement