މައްސަލަތައް ބެލުމުގައި އެއްވެސް ނުފޫޒެއްނެތް- އޭސީސީ
އޭސީސީން ވަނީ ސްޕްރިމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ބަލަން ފަށާފައި / ފޮޓޯ: ސަން

މައްސަލަތައް ބެލުމުގައި އެއްވެސް ނުފޫޒެއްނެތް- އޭސީސީ

1 year ago - 21:11
Feb 26, 2025 - 21:28
Advertisement
Advertisement

ސަސްޕެންޑް ކޮށްފައިވާ ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް ހިންގާ ޖިނާއީ ތަޙުޤީޤަށް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮރަޕްޝަންގެ ޢަމަލެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ނުކޮށް އެ މައްސަލައެއް ތަޙުޤީޤުކުރުމަކީ ކޮމިޝަންގެ ޤާނޫނީ ވާޖިބެއް ކަމަށެވެ.

ނަމަވެސް އޭސީސީގެ މި ބަޔާނުގައި އެކޮމިޝަނުން ބަލަމުން ގެންދަނީ ސަސްޕެންޑު ކޮށްފައިވާ ތިން ފަނޑިޔާރުންގެ ކޮން މައްސަލައެއްކަން ބުނެފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙެއް އުވާލުމަށް ހުށަހެޅިފައިވާ މައްސަލައެއްގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނިކޮށެވެ. އަދި ހަމައެހެންމެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލު މަޖިލިހުން ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement