ރަމަޟާން މަހުގެ ހަނދު ސާބިތުކުރުން މި މަހު 28 ގައި
ކަލަންޑަރުގައިވާ ގޮތުން ރަމަޟާން މަހުން 1 ވަނީ މާރޗުމަހުން 1 ވަނަ ދުވަސް

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުން މި މަހު 28 ގައި

1 year ago - 12:13
Feb 20, 2025 - 12:27
Advertisement
Advertisement

މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުން ފެބްރުއަރީ 28 ވާ ހުކުރު ދުވަހު ބޭއްވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.

ޑީޖޭއޭ އިން ވިދާޅުވީ ހަނދު ސާބިތުކުރުމުގައި ހެކިބަސް އަދާކުރެވޭނީ މާލޭގައި ނަމަ ކޯޓެއްގެ ޤާޟީއެއްގެ ކުރިމަތީގައި ކަމަށެވެ. އަތޮޅުތެރޭގައިނަމަ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ރަށު ކައުންސިލްގެ އިސްވެރިއެއްގެ ކުރިމަތީގައެވެ.

ހަނދު ފެނިއްޖެނަމަ ވީ އެންމެ އަވަހަކަށް މާލޭގައި ނަމަ ޑީޖޭއޭ އަށް، ރަށްރަށުގައި ނަމަ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ރަށު ކައުންސިލަށް ހާޒިރުވެ އެކަން އަންގަން ޑީޖޭއޭ އިން ވަނީ އެދިފައެވެ.

ފެބްރުއަރީ 28 ވަނަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ހަނދު ސާބިތުވަންދެން ޑީޖޭއޭ އާއި ރަށްރަށުގެ ކޯޓުތަކާއި ކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށްވެސް ޑީޖޭއޭ އިން ވިދާޅުވިއެވެ..

ހަނދު ސާބިތުކުރުމާ ގުޅޭ ހެކިބަސް ދިނުމަށް އައުމާއި ދިއުމުގެ ޚަރަދު ދޭ ގޮތަށްވެސް ޑީޖޭއޭ އިން ވަނީ ނިންމަވާފައެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާރޗު 1 ވާ ހޮނިހިރު ދުވަހެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement