
ރަމަޟާންމަހުގެ އަގުތައް ވަރަށް ގާތުން ބަލަމުންދާނަން, ބޮޑުވިޔަ ނުދޭނަން- މިނިސްޓަރ ސައީދު
ރަމަޟާންމަހުގެ އަގުތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށައި, އަގުތައް ބޮޑުވިޔަ ނުދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު އެޔަގީންކަން ދެއްވީ ސަރުކާރުގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ރޭ ބޭއްވި މިއަހަރުގެ ފުރަތަމަ އަހާ ފޯރަމްގައެވެ.
ވަޒީރު ސައީދު ވިދާޅުވީ
"އށާސީ ބާވަތްތަކުގެ މުދާ, ގޭތެރެއަށް ޢާއްމު ރައްޔިތުން ހޯދުމުގައި ދަތިހުރަސްވާނެ ހުރިހާކަމެއް އިރާދަކުރެއްވިއްޔާ އޮތް ގޮންޖެހުންތަކުގެ ތެރެއިންވެސް ސަރުކާރުން ހައްލުކުރާނެ." ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ ފާހަގަކުރެއްވި ބާވަތްތަކުގެ އެއްވެސް މުދަލެއްގެ އަގު ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޮޑުވެ ރައްޔިތުންނަށް ދަތިއުނދަގޫ ވާން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ނުވާ ކަމަށެވެ. އެކަން ހައްލުކުރުމަށް އަސާސީ މުދާ އެއްގައުމުން ނުގެނެވިއްޖެ ނަމަ އަނެއް ގައުމުން, އަދި ކަނޑު މަގުން ނުގެނެވިއްޖެ ނަމަ ވައިގެ މަގުން ނަމަވެސް ގެނެސް ރައްޔިތުންނަށް ލުއިގޮތް ހޯދައިދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއްޗެއްގެ އަގު ބޮޑުވާކަމުގެ ޝަކުވާ އައިސްފިނަމަ ސަރުކާރުން އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
މިދިޔަ އަހަރު ރާއްޖޭގެ އިންފްލޭޝަން 7 އިންސައްތައަށް އުފުލޭނެކަމަށް ވަރލްޑް ބޭންކުން އަންދާޒާކޮށްފައި ވަނިކޮށް, ސަރުކާރުން އެޅުއްވި ފިޔަވަޅުތަކެއްގެ ސަބަބުން ތިނެއް އިންސައްތައަށްވުރެ މަތިވިޔަ ނުދީ ހިފެހެއްޓުނުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް






