ރ.ކިނޮޅަސް ކައުންސިލް އިދާރާ އަދި އިންނަމާދޫ ޕޮލިސް ޕޯސްޓްގެ ބިންގާ އަޅައިފި
އިންނަމާދޫ ޕޮލިސް ޕޯސްޓްގެ ބިންގާ އަޅަނީ: ފޮޓޯ-ދިވެހި ފުލުހުންގެ ޚިދުމަތް

ރ.ކިނޮޅަސް ކައުންސިލް އިދާރާ އަދި އިންނަމާދޫ ޕޮލިސް ޕޯސްޓްގެ ބިންގާ އަޅައިފި

ރ.އަތޮޅުގެ 4 ރަށދެއްގެ ކައުންސިލް އިދާރާގެ ބިންގާ ވަނީ އަޅާފައި

1 year ago - 12:56
Jan 23, 2025 - 12:56
Advertisement
Advertisement

ރ.ކިނޮޅަސް ކައުންސިލް އިދާރާ އަދި އިންނަމާދޫ ޕޮލިސް ޕޯސްޓްގެ ބިންގާ އަޅައިފި އެވެ. ދެރަށުގައިވެސް ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ރ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ކިނޮޅަހު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރެވެ. ކިނޮޅަހު ކައުންސިލް އިދާރާއަކީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ އިދާރާއެކެވެ. ރައީސް ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަޑުއްވަރިއާއި, އިންނަމާދޫއާއި, ރަސްމާދޫ ކައުންސިލް އިދާރާގެ ބިންގާވެސް ވަނީ އަޅާފައވެ. މިރަށްތަކުގެ ކައުންސިލް އިދާރާގެ، އައު ޢިމާރާތުގެ މަސައްކަތް ކުރަނީ، މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ "ހެކްސްޓަރ ގްލޯބަލް" އިންނެވެ.

 

އިންނަމާދޫ ޕޮލިސް ޕޯސްޓްގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރ އަލީ އިހުސާން އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement