ދިވެހިރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީއާއި ދުރުބައެއް ކަމަށް ހީކޮށްގެން ނުވާނެ- ނައިބުރައީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު

ދިވެހިރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީއާއި ދުރުބައެއް ކަމަށް ހީކޮށްގެން ނުވާނެ- ނައިބުރައީސް

1 year ago - 16:33
Jan 18, 2025 - 16:35
Advertisement
Advertisement

ދިވެހިރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީއާއި ދުރުބައެއް ކަމަށް ހީކޮށްގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަގުމަތިން ވެރިކަން ވައްޓާނުލާނެ ކަމަށް ހީކޮށްގެން ނުވާނެކަމަށް ބުނެ ދައުރުކުރަމުންދާ ޚަބަރަށް ރައްދު ދެއްވައެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުއިއްޒަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދެއްވާ ބޭފުޅެއް ކަމަށެވެ. އަދި އެއީ ގައުމަށް އަދި ރައްޔިތުންނަށް ހިދުމަތެއް ކޮށްދެއްވަން ނުކުމެވަޑަންނަވާ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަންވާނެ ސިފައެެއް ކަމަށްވެސް ވިދާޅުވިއެވެ.

" އެހެންނަމަވެސް ފާޑުކިޔުމުގެ ނަމުގައި ދިވެހިރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީއާއި ދުރުބައެއް ކަމަށްބުނެ، ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރައިޖެ އަމަލެއް." ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ މަގުމަތީ ހަރަކާތްތައް ފަށާ ކަން އިއުލާނުކޮށް، މިމަހު 31 އަށް ފުރަތަމަ އެއްވުން ތާވަލްކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement