ސޯޝަލް މީޑިޔާގެ ޕްލެޓްފޯމްތައް ބްލޮކްކުރާ ކަމަށް ފަތުރާ ވާހަކައަކީ ދޮގެއް- ސަރުކާރު
sަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު: ފޮޓޯ-ރައީސް އޮފީސް

ސޯޝަލް މީޑިޔާގެ ޕްލެޓްފޯމްތައް ބްލޮކްކުރާ ކަމަށް ފަތުރާ ވާހަކައަކީ ދޮގެއް- ސަރުކާރު

1 year ago - 13:18
Jan 15, 2025 - 13:18
Advertisement
Advertisement

ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓްފޯމްތައް ބްލޮކްކުރާ ކަމަށް ފަތުރާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

އެފަދަ ވާހަކަތަކެއް އިދިކޮޅު ފަރާތްތަކުން ދައްކަމުން ދަނިކޮށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް  ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައިނުވާ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވެސް ނުވާ ކަމަށް ވިދާޅުވިއެވެ.

" ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ޤާނޫނުއަސާސީގެ އިންތަކާއި ޙުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުމެވެ." ހީނާ ވިދާޅުވިއެވެ.

މީގެކުރިން ހޯމް މިނިސްޓަރ އަލީ އިހުސާނުވެސް ވަނީ އެފަދަ މަޝްވަރާއެއް އަދި ނިންމުމެއްވެސް ސަރުކާރުގެ ނެތް ކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement