67 މީހުންނާއެކު ދަތުރުކުރި މަތިންދާބޯއްޓެއް ކަޒަކްސްތާނަށް ވެއްޓި ގިނަ ބަޔަކު މަރުވެއްޖެ
އަޒަރުބައިޖާންގެ އެއާލައިނެއް ކަޒަކްސްތާނުގެ ސިޓީއެއް ކަމަށްވާ އަކްތާއު އަށް ވެއްޓި 38 މީހަކު މަރުވެއްޖެއެވެ. އަޒަރުބައިޖާންގެ ވެރިރަށް ބަކޫ އިން ފުރައިގެން ރަޝިއާގެ ސިޓިއެއް ކަމަށްވާ ގްރޮޒްނީގެ އުތުރު ކޯކަސަސް އަށް ދަތުރުކުރި ބޯޓުން 67 މީހަކު ދަތުރުކުރިއިރު އޭގެ ތެރެއިން 29 މީހަކު ވަނީ ހާދިސާގައި ސަލާމަތް ވެފައެވެ.
ކަޒަކްސްތާނުގެ އޮފިޝަލުންނާ ޙަވާލާދީ އެސޯސޮއޭޓް ޕްރެސްގައި ވާގޮތުން މި މަތިންދާބޯޓުން ދަތުރުކުރި 29 މީހަކު މި ހާދިސާގައި ސަލާމަތްވި ނަމަވެސް އެ އެންމެންނަށްވެސް ވަނީ އެކި ވަރުގެ ޒަޙަމްތައް ލިބިފައެވެ.
ދި އެމްބްރިއާ 190 މަރުކާގެ އަޒަރުބައިޖާން އެއަރލައިންސް ގެ ފްލައިޓް J2-8243 އަށް އިމަޖެންސީ ޙާލަތެއް ދިމާވެ ބޯޓު އަނބުރާލީ އަޒަރުބައިޖާންގެ އަކަތާއުއާ 3 ކިލޯމީޓަރު (1.8 މޭލު) ދުރުންނެވެ. ކެސްޕިއަން ސީ ހުރަސްކޮށް އަޒަރުބައިޖާންގެ ސަރަޙައްދަށް ބޯޓު ވެއްޓުނީ ދޫންޏެއްގައި ބޯޑު ޖެހި ހިންގި ހާދިސާ އަކާ ގުޅިގެންކަމަށް ހަބަރު ފެތުރިފައި ވީނަމަވެސް, އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި އެކަން އެހެން ވުމަކީ ނާދިރުކަމެކެވެ.
ހާދިސާ އާ ގުޅިގެން އަޒަރުބައިޖާންގެ ރައީސް, އިލްހާމް އަލިޔެވް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ބޯޓު ވެއްޓެން ދިމާވި ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަން އަދި މާއަވަސް ކަމަށާއި, ނަމަވެސް މޫސުމް ގޯސްވުމުގެ ސަބަބުން ދަތުރު ކުރަން ހަމަޖެހިފައި އޮތް ގޮތް ބަދަލުކުރަން ޖެހުނު ކަމަށެވެ.
ހާދިސާ އާ ގުޅޭ މަޢުޅުމާތު އޮފިޝަލުން އެންމެ ފުރަތަމަ ސާފުކޮށްދީފައި ނުވިނަމަވެސް މަތިންދާބޯޓު ވެއްޓުމުގެ ކުރިން ދެކުނު ރަޝިއާގެ ހިސާބަކަށް ވަނީ ޑްރޯން ހަމަލާއެއް އަރާފައި ކަމުގައި ވަނީ ބުނެފައެވެ. ޑްރޯން ހަމަލާއާ އެކީ އެސަރަޙާއްދުގެ އެއާޕޯޓް އޮންނަ މަގު ބަންދުކޮށްފައިވާ ކަމަށާއި, އެންމެ ކައިރީގައި އޮތް ރަޝިއާގެ އެއަރޕޯޓް އެހަމަލާގެ ސަބަބުން ބުދަ ދުވަހުގެ ހެނދުނު ބަންދުކޮށްފައިވާކަމަށް ވެސް އޮފިޝަލުންނާ ޙަވާލާދީ ރޮއިޓާސް ގައި ރިޕޯޓްކޮށްފައި ވެއެވެ. އެހެ
ނަމަވެސް ރަޝިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ, ރޮސާވިއާޓްސިއާ ގެ ފުރަތަމަ ރިޕޯޓް ބުނާގޮތުން އަކްތާއުއާ ދިމާއަށް ޕައިލެޓް ބޯޓު އަނބުރާލީ ބޯޓުގައި ދޫންޏެއް ޖެހި ހިނގި ހާދިސާ އަކާ ގުޅިގެން ކުރިމަތިވި އިމަޖެންސީ ޙާލަތެއްގައެވެ.
ރޮއިޓާސްއިން ވެރިފައި ކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ބޯޓު ތިރިވެގެން އައީ ވަރަށް ބާރަށެވެ. އަދި ކަނޑުގެ އައްސޭރީގައި ޖެހުމުގެ ކުރިން ބޯޓުން ކަޅު ބޯ ދުން އަރަމުންދާތަންވެސް ފެނެއެވެ. ވީޑިއޯ ނަގާފައިވަނި ކެސްޕިއަން ކަނޑުގެ އައްސޭރި ކައިރިން އަކްތާއު އާ ދިމާލުންނެވެ.
ރިއެކްޝަންސް