ފުރުގާން މިސްކިތުގެ މިސްޙަފްތައް އުކާލާ, އިތުރު ގެއްލުންތަކެއް ދީފި
މިސްކިތަށް ގެއްލުން ދީފައި

ފުރުގާން މިސްކިތުގެ މިސްޙަފްތައް އުކާލާ, އިތުރު ގެއްލުންތަކެއް ދީފި

1 year ago - 10:57
Nov 24, 2024 - 10:57
Advertisement
Advertisement

ފުރުގާން މިސްކިތުގެ މިސްޙަފްތައް އުކާލާ, އިތުރު ގެއްލުންތަކެއް ދީފި އެވެ. އެކަންކުރިކަމަށް ޝެއިޙު އާދަމް ނިޝާން ވަނީ ފޭސްބުކް މެދުވެރިކޮށް ސަމާލުކަމަށް ގެނެސްފައެވެ.

އެކަން ހިނގާފައިވަނީ ފަތިސް ނަމާދުގެ ކުރިންނެވެ. މުސްހަފްތައް މުޅިތަނަށް އުކާލުމުގެ އިތުރުން އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑްތަކާއި, އެއަށް ޖަހާފައިހުރި އެޑަޕްޓަރުތައް ވަނީ ތަޅާ ހިމުންކޮށްފައެއެވެ. އޭގެ ފޮޓޯއާއި ވީޑިއޯވެސް ޝެއިހު ނިޝާން ވަނީ ހިއްސާކޮށްފައެވެ. މީގެއިތުރުން ވުޟޫ ކުރާބައިގެ ބައެއް އިސްކުރުތައް ބިންދާލާ, މިސްކިތުގެ ބައެއް އެއްޗިހި އެތަނަށްވެސް ވަނީ އުކާލާފައެވެ.

އެކަންކޮށްފައިވަނީ އަބަދުހެން އެމިސްކިތުގައި ނިދާފައި އޮންނަ ބުއްދިފިލާގޮސްފައިވާ ޒުވާނެއް ކަމަށް ޝެއިހު ނިޝާން ލިޔެފައި ވެއެވެ. ނަމަވެސް ފުލުހުން ހަމައެކަނި ބުނީ ފުރުގާން މިސްކިތަށް ގެއްލުންދީފައިވާ މައްސަލައެއް މިއަދު ފަތިހު ރިޕޯރޓްކޮޑްފައިވާ ކަމަށެވެ. އަދި މައްސަލަ ދަނީ ތަހުގީގު ކުރަމުން ދާކަމަށެވެ.

އެއީ ކެމެރާ ހަރުކޮށްފައި ހުންނަ މިސްކިތެކެވެ. މީގެކުރިންވެސް އެތައްފަހަރަކު މުސްހަފްތައް އުކާލާ މިސްކިތަށް އެހެން ގެއްލުންތައްވެސް ދީފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement