ހިޔާ ފްލެޓްގެ އެޕާރޓްމަންޓެއްގައި މީހަކު ރަހީނުކޮށް އިނގިލި ބުރިކުރަން އުޅެނިކޮށް ސަލާމަތްކޮށްފި
ހިޔާ ފްލެޓްގެ އެޕާރޓްމަންޓެއްގައި މީހަކު ރަހީނުކޮށް އިނގިލި ބުރިކުރަން އުޅެނިކޮށް ސަލާމަތްކޮށްފިއެވެ. އެމީހ ފުލުހުން ވަދެ ސަލާމަށްކުރި އިރު ހުރީ ބޯބާލާފައެވެ. ދައުރުވަމުންދާ ވީޑިއޯއާއި ފޮޓޯތަކުން ބޯބާލާފަ ހުރި އިސްތަށިތައް ފެނެއެވެ. އެތަނުގައި ފުލުހުންގެ ކޮމިޝަނަރުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އިސް އޮފިސަރުން ހަރަކާތްތެރިވާތަން ވީޑިއޯ އިން ފެނެއެވެ.
އެމީހާ ސަލާމަތްކޮށް ފުލުހުން ވަނީ 12 މީހަކު ހައްޔަރުކޮށްފައެވެ. އެމީހުން ފަހަތަށް ބިޑިއަޅުއްވާފައިވާ ވީޑިއޯއާއި ފޮޓޯވެސް ދަނީ ދައުރުވަމުންނެވެ. މައްސަލައާ ގުޅިގެން ރޭ ބާރަ ޖެހިއިރު ފުލުހުން ހަމައެކަނި ބުނީ މިރޭގެ (ރޭގެ) ވަގުތެއްގައި ހުޅުމާލެ ފޭސް ދޭއްގަ 'ގްރޫޕަކުން' މީހަކު ރަހީނުކޮށްގެން އުޅޭ މައްސަލައަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ބުންޏަސް މިވަގުތާ ހަމައަށް ފުލުހުން އިތުރު އެއްޗެއް ނުބުނެއެވެ. އެކަމަކު ހޯމް މިނިސްޓަރ މިހާރު ނޫހަށް ބުނެފައިވަނީ އެ އެޕާރޓްމަންޓަކީ ޑްރަގް މައްސަލައާ ގުޅިގެން ދޭތެރެ ދޭތެރެއިން ފާސްކުރާ އެޕާޓްމަންޓެއް ކަމަށެވެ. އަދި އެޕާރޓްމަންޓަށް ފުލުހުން ވަނީ އިންޓެލްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް އިހުސާން ވިދާޅުވެފައި ވެއެވެ.
މީހުން ރަހީނުކޮށް, ބިރު ދެއްކުމާއި, ފޭރުމުގެ މައްސަލަތައް ވަނީ އިތުރު ވެފައެވެ. ޚާއްޞަކޮށް ހުޅުމާލެ ފްލެޓް ތަކުގައި އެމައްސަލަ ބޮޑެވެ.
ރިއެކްޝަންސް