އައިޕީޔޫ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިހުގެ ރައީސް ޖެނީވާއަށް ވަޑައިގެންފި
މަޖިލިހުގެ ރައީސް ފުރާވަޑައިގަތުމަށް އެއަޕޯރޓްގައި މެމްބަރުންނާ ސަލާމް ކުރައްވަނީ: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

އައިޕީޔޫ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިހުގެ ރައީސް ޖެނީވާއަށް ވަޑައިގެންފި

5 days ago - 09:27
Oct 13, 2024 - 09:27
Advertisement

އައިޕީޔޫ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިހުގެ ރައީސް ޖެނީވާއަށް ވަޑައިގެންފިއެވެ. އެމަނިކުފާނު ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. މިއީ ސްވިޒަރލެންޑުގެ ޖެނީވާގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މަޖިލިހުގެ ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ބައިވެރިވެވަޑައިގަންނަވައެވެ.

އައިޕީޔޫގެ އެސެމްބްލީގެ މިފަހަރުގެ މައުލޫއަކީ ސުލުހަވެރި, ދެމެހެއްޓެނިވި މުސްތަޤްބަލަކަށް ސައިންސާއި, ޓެކްނޮލޮޖީ އާއި އިނޮވޭޝަންސްގެ ބޭނުން ހިފުމެވެ. މިއެސެމްބްލީ އޮންނާނީ މިއަދުން ފެށިގެން މިމަހުގެ 17 ގެ ނިޔަލަށެވެ.

މިއީ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ވަޑައިގެންނެވީ އޮގަސްޓްމަހު ޗައިނާގައި އައިޕީޔޫން ބޭއްވި ސެމިނާއަކަށެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement