ސަޕްލައި ނުލިބި އދގެ ކާބޯތަކެތީގެ ޕްރޮގްރާމް ހުއްޓި ޣައްޒާ ބަނޑަށްޖެހިދާނެ ކަމުގެ ބިރު
ޣައްޒާގައި ވޯލްޑް ފުޑް ޕޮރޮގްރާމްގެ ބޭކަރިއެއްގައި ކާބޯތަކެތި ތަކެތި ތައްޔާރުކުރަނީ, ފޮޓޯ: ޑަބްލިއުއެފްޕީ އެކްސް

ސަޕްލައި ނުލިބި އދގެ ކާބޯތަކެތީގެ ޕްރޮގްރާމް ހުއްޓި ޣައްޒާ ބަނޑަށްޖެހިދާނެ ކަމުގެ ބިރު

ޕްރޮގްރާމް އަލުން ނުފެށިއްޖެ ނަމަ ޣައްޒާގެ އެއް މިލިއަން މީހުންނަށް ބަނޑަށް މަރުވެދާނެ: ޑަބްލިއުއެފްޕީ

1 month ago - 22:18
Oct 12, 2024 - 09:47

އިޒްރާއިލްއިން ލުބުނާނަށް ދޭންފެށި ހަމަލާތަކާއެކު ޣައްޒާގެ ހާލަތަށް މީޑިއާގައި އޮތް ސަމާލުކަން މިވަނީ ކުޑަވެފައެވެ. ނަމަވެސް ޣައްޒާގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ދަނީ ގޯސްވަމުންނެވެ. އިޒްރާއިލްއިން ޣައްޒާއަށް ދޭ ހަމަލާތަކަށް ހުއްޓުމެއްވެސް ނާދެއެވެ. އަހަރުގެ ފުރަތަމަ ތިން ކުއާޓާގައިވެސް ޣައްޒާއިން ކާބޯތަކެތި ލިބުމުގައި އިންސާނީ އެހީތެރިކަމަށް ބަރޯސާވެފައި ވީނަމަވެސް, މުޙިއްމު ބައެއް ސަޕްލައި ލިބުން ވަނީ އިންތިހާއަށް ދަތިވެފައެވެ. 

ޣައްޒާއަށް އެތެރެކުރެވޭ ކާބޯތަކެތީގެ ސަޕްލައި އެންމެ މަދުން ލިބުނީ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހުއެވެ. މިއާއެކު އެތެރޭގެ ސަޕްލައި ހުސްވެ ޣައްޒާގެ އެކި ސަރަހައްދުތަކަށް ކާބޯތަކެތި ފޯރުކޮށްދޭ އދ ގެ 'ވަރލްޑް ފުޑް ޕްރޮގްރާމް' (ޑަބްލިއުއެފްޕީ)ގެ އޮޕަރޭޝަންތައް ވަނީ ހުއްޓިފައެވެ. ކާބޯތަކެތި ފޯރުކޮށްދިނުން އަވަސް މުއްދަތެއްގައި އަލުން ނުފެށިއްޖެ ނަމަ ޣައްޒާގެ އެއް މިލިއަން މީހުން ބަނޑަށް މަރުވެދާނެކަމުގެ އިންޒާރު ޑަބްލިއުއެފްޕީން ވަނީ ދީފައެވެ. 

އުރުދުން, މިޞްރު އަދި އިޒްރާއިލްގެ އަޝްދޮދްގެ ބޯޑަރުގައި މިހާރުވެސް 100,000 ޓަނުގެ ކާބޯތަކެތި ޣައްޒާއަށް އެތެރެނުކުރެވި ތާށިވެފައި އެބަހުއްޓެވެ. މިއީ އެއްމިލިއަން މީހުން 5 މަސް ދުވަސްވަންދެން ބަނޑުފުރާނަ މުއްތިކުރާނެ ކާނާއެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ކަމުގައި ބުނެ ޣައްޒާއަށް އެތެރެކުރެވެމުންދަނީ ވަރަށް މަދު މިންވަރެކެވެ.

Advertisement

ޣައްޒާގެ އެތެރޭގައިވެސް ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ގިނަ ތަކެތި ލިބުން ދަތިވެފައިވާތާ ވަނީ ހަމަލާތަކަށް ވީހާދުވަހެއް ވެފައެވެ. އަދި ލިބެން ހުރި ތަކެތީގެ އަގުވެސް ވަނީ އިންތިހާއަށް އުފުލިފައެވެ.

ފިނިމޫސުމާ ކުރިމަތިލާއިރު ޣައްޒާގެ ގިނަ ރައްޔިތުން މިހާރުވެސް ދިރިއުޅެމުންދަނީ ޓެންޓުތަކާއި ވަގުތީ ހިޔާތަކުގައެވެ. ޣައްޒާއިން ތެޔޮ ހުސްވެފައިވާއިރު ކާއެއްޗެހި ގަތުމަށް އާއިލާތަކުން ދަނީ އެމީހުންގެ ގަހަނާތަކާއި ހިފާގެންގުޅޭ ކަންވާރުތަކާއި އެނޫންވެސް އަގުހުރިއެއްޗެއް ވިއްޔާ ވިއްކަމުންނެވެ. އަދި އެމީހުންގެ ސުންނާފަތިވެފައިވާ ގާތަކުގެ ދަށުން އެއްވެސް ވަރަކަށް ފައިސާއެއް ނުވަތަ ކާއެއްޗެއް ލިބޭތޯވެސް ދަނީ އަތްފުނާ އަޅަމުންނެވެ.

އެންމެ ހާލަތު ގޯސްވެފައިވަނީ އުތުރު ޣައްޒާގެއެވެ. ހުއްޓުމެއްނެތި އިޒްރާއިލްއިން އަދިވެސް ދަނީ އުތުރު ޣައްޒާގައި ހަމަލާތައް ދެމުންނެވެ. ބާކީ ތިބި މަދު ބަޔަކު ދާނެތަކެއް އަދި އެތަނުން ނިކުމެވޭނެ ގޮތެއް ނެތްއިރު އެމީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުން ވަނީ ބޮޑުގޮންޖެހުމަކަށް ވެފައެވެ. އުތުރު ޣާއްޒާއަށް ކާބޯތަކެތި ގެނެވޭ ހުރިހާ ދޮރެއް ބަންދުކޮށްފައި އޮންތަނާ އެތައް މަހެއް ފާއިތުވެއްޖެއެވެ. މިއާއެކު ޑަބްލިއުއެޕްޕީ ގެ ބަދިގެތައް އުތުރު ޣައްޒާގައި ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން އުތުރު ޣައްޒާގެ އެއްވެސް އާއިލާއަކަށް އެ ޖަމާއަތުގެ ކާބޯތަކެތީގެ އެހީ ފޯރުކޮށްދެވޭނެ އެއްވެސް މަގެއް ނެތްކަމަށް އެޖަމާއަތުން ވަނީ ކަށަވަރުކޮށްދީފައެވެ.

ދެކުނު އަދި މެދުތެރޭ ޣައްޒާގެ ޑަބްލިއުއެޕްޕީގެ ބޭކަރީތަކުން ގޮދަންފުށް ހުސްވާން ކައިރިވެ, މިހާރުވެސް ވަނީ ބަންދުކުރަން ޖެހިފައެވެ. ހަފުތާއެއްގެ ތެރޭގައި ފުށް ނުލިބިއްޖެނަމަ ބޭކަރީތައް ބަންދުކުރުން ނޫން ގޮތެއް ނެތްކަމަށް އެޖަމާއަތުން ވަނީ ބުނެފައެވެ. ބައެއް ހޮޓްމީލް ތައްޔާރުކުރާ ބަދިގެތައް އަދި އޮޕަރޭޝަންގައި ހުރިނަމަވެސް އިތުރު ސަޕްލައި ނުވަދެއްޖެނަމަ ކުރިއަށް ގެންދަން އުނދަގޫވާނެއެވެ. ދެކުނު ޣައްޒާގައި މިހާރުވެސް ޑަބްލިއުއެފްޕީ ގެ ބަދިގެ ތަކުން ދުވާލަކު 350,000 ހޮޓްމީލް ތައްޔާރުކޮށް ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދެއެވެ. 

ޑަބްލިއުއެފްޕީ އިން ޣައްޒާގެ އިތުރުން ހިޞާރުކޮށްފައިވާ ހުޅަނގު އައްސޭރީގައިވެސް ދަނީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. އިޒްރާއިލްއިން ހުޅަނގު އައްސޭރީގައި ހިންގާ ބޮޑެތީ އަސްކަރީ އޮޕަރޭޝަން ތަކާއި އެކު އެތާނގައި މީހުން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގެ ހުއްދަ ލިބެނީ ވަރަށް ކުޑަކޮށެވެ. ހުޅަނގު އައްސޭރީގެ 160,000 މީހުންގެ މަސައްކަތުގެ ހުއްދަ އިޒްރާއިލްއިން ބާތިލްކޮށްފައިވާއިރު އެ އާއިލާތައް ވަނީ މާލީގޮތުން ނާޒުކު ފައްތަރެއްގައެވެ. އެހެންކަމުން ޒަރޫރީ ބޭނުންތަކަށް ޚަރަދުކުރާނެ ފައިސާ ހުސްވެ އާއިލާތައް ދަނީ ހާލުގައި ޖެހެމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow