ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާ ދެކޮޅަށް ޑެންމާކުގައި ކުރި މުރާހަރާގައި ގްރޭޓާ ތަމްބާގް ހައްޔަރުކޮށްފި
ގްރޭޓާ ތަމްބާގް މުޒާހަރާގައި: ފޮޓޯ-ރޮއިޓަރސް

ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާ ދެކޮޅަށް ޑެންމާކުގައި ކުރި މުރާހަރާގައި ގްރޭޓާ ތަމްބާގް ހައްޔަރުކޮށްފި

12 days ago - 22:53
Sep 4, 2024 - 23:05

ތިމާވެއްޓާބެހޭ މަޝްހޫރު އެކްޓިވިސްޓް, ގްރޭޓާ ތަމްބާގް ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި ކުރި މުޒާހަރާއެއްގައި ހައްޔަރުކޮށްފިއެވެ. ޣައްޒާގައި އިޒްރާއިލް އިން ހިންމުން ގެންދާ ޤަތުލްއާންމާ ދެކޮޅަށް ކޯޕަންހޭގަން ޔުނިވަރސިޓީގެ ދަރިވަރުންގެ ބްލޮކްގައި ބުދަދުވަހު ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ގްރޭޓާ އާއެކު އިތުރު ހަ މީހަކުވެސް ހައްޔަރުކުރި އެވެ.

6 މީހަކު ހައްޔަރުކުރިކަމަށް ބުނި ނަމަވެސް ޑެންމާކުގެ ފުލުހުންވަނީ މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކުރަން ދެކޮޅު ހަދާފައެވެ. ނަމަވެސް ޔުނިވަރސިޓިގެ ދަރިވަރުންގެ ފަރާތުން މި މުޒާހަރާ އިންތިޒާމްކުރި ގްރޫޕްގެ ސްޕޯކްސްޕާސަން ވަނީ ބުދަ ދުވަހު ބޭއްވި މުޒާހަރާގައި ގްރޭޓާ ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ.

މި މުޒާހަރާއަކީ ކޯޕަންހޭގަން ޔުނިވަރސިޓީއިން އިޒްރާއިލްގެ ޔުނިވަރސިޓީތަކާއެކު ހަދާފައިވާ އެއްބަސްވުންތައް އުވާލުމަށް ގޮވާލާ ބޭއްވި މުޒާހަރާއެކެވެ.

"ފަލަސްޠީނުގެ ޙާލަތު މިހާ ގޯސްވެފައިވާއިރު, އެހާލަތަށް އެމީހުންގެ ދިރިއުޅުން ވައްޓާލި ބަޔަކާ އެކީ ކޯޕަންހޭގަން ޔުނިވަރސިޓީއިން ދިރާސީގުޅުން އަދިވެސް ދަނީކުރިއަށް. އަހަރެމެންގެ އޮތީ އެންމެ ޑިމާންޑެއް ޔުނިވަރސިޓީއަށް. އެއީ އިޒްރާއިލްގެ ޔުނިވަރސިޓީތަކާއެކު ހަދާފައި އެއްބަސްވުންތައް ބާތިލްކުރުން. އިޒްރާއިލް ބޮއިކޮޓް ކުރުން" ދަރިވަރުންގެ ގްރޫޕުން ބުނެފައިވެއެވެ.

Advertisement

އިޒްރާއިލްގެ ޔުނިވަރސިޓީތަކާ ގުޅުންތައް ކަނޑާލުމަށް ޑިމާންޑުކޮށް ޔޫރަޕް އަދި އެމެރިކާގެ ގިނަ ޔުނިވަރސިޓީ ތަކުގައި ކޭމްޕް ޖަހައިގެން މީގެ ކުރިންވެސް ދަރިވަރުން ވަނީ މުޒާހަރާތައް ކޮށްފައެވެ. އެމުޒާހަރާތަކުގައި އިޒްރާއިލް އިން ފަލަސްތީނުގައި ހިންގަމުންގެންދާ އުދުވާނު ހުއްޓާލުމަށް ވެސް ގޮވާލާފައިވެއެވެ.

އިޒްރާއިލްއިން އޮކްޓޯބަރ 7 ގެ ފަހުން ޣައްޒާގެ ބައިލައްކައެއްހާ މީހުން މަރާލާ, އެއްމިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުވާލާފައި ވާއިރު, ފަލަސްޠީނުގެ ޙައްގުގައި ވަކާލާތު ކުރާ އެންމެ ވަރުގަދަ އަޑަށް ގްރޭޓާ ވަނީ ވެފައެވެ.

މީގެކުރިންވެސް ހަނގުރާމަ ހުއްޓާލުމަށާއި, ފަލަސްޠީން މިނިވަންކުރުމަށް ގޮވާލާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި މުޒާހަރާތަކުގައި އޭނާ ބައިވެރިވެފައިވެއެވެ. މީގެ ތިންމަސް ކުރިން ނޯވޭގައި ބޭއްވި އެއްވުމުންވެސް ގްރޭޓާ ފެނުނެވެ. ޣައްޒާ އާ ބެހޭގޮތުން އޭނާގެ ވަކާލާތު ހުއްޓާނުލާނެ ކަމަށާއި, އިންސާނީ ހައްގު ނެތި ތިމާވެށީގެ އިންސާފެއް ނެތްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. 

ހައްޔަރުކުރި އިރު ފަލަސްތީނުގެ ރައްޔިތުން ރަމްޒުކޮށްދޭ ހުދާއި ކަޅުކުލައިގެ ފޮތިކޮޅު "ކުފޭޔާ" ގައިގައި އޮޅާލައިގެން ހުރި ގްރޭޓާ ފަހަތަށް ބިޑިއަޅުވާފައި ހުރިނަމަވެސް އޭނާވަނީ ވަރަށް ހަމަޖެހިގެންހުރެ ގޮސް ފުލުހުންގެ ވެހިކަލް އަށް އަރާފައެވެ. 

ގްރޭޓާގެ އިންސްޓަގްރާމް އެކައުންޓްގައި ޕޯސްޓް ކޮށްފައިވާ ރީލެއްގައި ހައްޔަރުކޮށްގެން ގެންދާ ވީޑިއޯ ޕޯސްޓް ކޮށްފައިވާއިރު, މުޒާހަރާގެ އެހެން ބައިވެރިން އޭނާ އެކަނި ނުވާނެކަމަށާއި އެމީހުން ގްރޭޓް އާއެކު ތިބިކަމަށް ގޮވަމުންދިޔައެވެ.

21 އަހަރުގެ ގްރޭޓާ ތަމްބާގް އަކީ ސްވިޑްންގެ ރައްޔިތެކެވެ. އޭނާ ތިމާވެށީގެ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރުވެފައިވަނީ ކޮޕް 24 ގައި 2018 ވަނަ އަހަރު އދ ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސްފައި ދުނިޔޭގެ ލީޑަރުންނަށް ގޮންޖައްސަވާ ދެއްވި ތަގުރީރާ ގުޅިގެންނެވެ. 

ދުނިޔެ ހޫނުވުމާ ގުޅިގެން އަންނަ މޫސުމީ ބަދަލުތަކާގުޅިގެން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާ ބެހޭގޮތުން ހޭލުންތެރިކުރަށް ގްރޭޓާ ކުރަމުންދާ މަސައްކަތާ އެކު އޭނާއަށް ވަނީ ދުނިޔޭގެ ފެންވަރުގެ އެތަށް އެވޯޑެއް ލިބިފައެވެ. އޭގެތެރޭގައި 2019 ވަނަ އަހަރު ޓައިމްސް މެގަޒިންގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ އެވޯޑާއި, ހަމަ އެ އަހަރު ފޯބްސް ގެ ދުނިޔޭގެ އެންމެ ބާރުގަދަ 100 އަންހެނުންގެ ލިސްޓުންވެސް ޖާގަ ހޯދާފައި ވެއެވެ.

ގްރޭޓާ މީގެކުރިން ވަނީ ނޯބެލް ފީސް ޕްރައިޒް އަށްވެސް ނޮމިނޭޓްވެފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow