ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައިފި

ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައިފި

12 hours ago - 19:42
Advertisement
Advertisement

ކަށްވަޅުތަކުގައި ފެންބޮޑުވުމާ ގުޅިގެން ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލުން މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލައި، އެ ޚިދުމަތް މާލޭ އާސަހަރާއަށް ބަދަލުކޮށްފި ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.


މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މި ނިންމުން ނިންމަން ޖެހުނީ ވިއްސާރައިގެ ސަބަބުން ހުޅުމާލެ ސަހަރާގެ ބިމުގެ ފެންފަށަލަ އުފުލި، ވަޅުކޮންނައިރު ކަށްވަޅުތަކުގައި ގާތްގަނޑަކަށް 6 އިންޗިއާއި 7 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުންނާތީ ކަމަށެވެ. މައްޔިތުންގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން، މި ހާލަތުގައި އެތަނުގައި ވަޅުލުން ދަތިވާތީ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ނިޔާވާ މީހުން ވަޅުލުމުގެ ކަންކަން ކުރިއަށްދާނީ މާލޭ އާސަހަރާގައެވެ.


ބޯކޮށް ވާރޭވެހޭ ދުވަސްވަރު ހުޅުމާލެ ސަހަރާގެ ބިންގަނޑުގައި ފެންބޮޑުވެ، ކަށްވަޅުތަކަށް ފެން އަރާ މައްސަލައަކީ ތަކުރާރުކޮށް ދިމާވާ ދައްޗެކެވެ. ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ވޭތުވެދިޔަ އަހަރުތަކުގައިވެސް އެކި މަސައްކަތްތައް ކޮށްފައިވާ އިރު، މިހާރު ދިމާވެގެން އުޅޭ ހާލަތު ރަނގަޅުވަންދެން ހުޅުމާލެ ސަހަރާގެ ބޭނުންކުރުން ވަގުތީ ގޮތުން އޮންނާނީ މެދުކަނޑާލެވިފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement