50 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް އެޗްޑީސީން ނިންމާލައިފި
ފޮޓޯ- ޕީއެސްއެމް ނިއުސް

50 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް އެޗްޑީސީން ނިންމާލައިފި

15 hours ago - 20:01
Advertisement
Advertisement

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، 50 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.


މި މަޝްރޫޢަކީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އެޗްޑީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ފާއިތުވި އަހަރުގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ވެވުނު އެއްބަސްވުމެއްގެ ދަށުން، ޖުމްލަ 71 ރަށެއްގައި މިފަދަ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނާ ވަނީ ރަސްމީކޮށް ޙަވާލުކޮށްފައެވެ.


އެޗްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މިހާތަނަށް ނިންމާލެވުނު ޖިމްތަކަކީ ޢާންމުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އެންމެ ޒަމާނީ ވަސީލަތްތަކާއި ފެންވަރު ރަނގަޅު އާލާތްތަކާއެކު ތަރައްޤީކޮށްފައިވާ ތަންތަނެވެ. މީގެ އިތުރުން، ބާކީ ހުރި 21 ރަށުގެ އައުޓްޑޯ ޖިމްތަކުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ބާރަށް ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ ބައެއް ރަށްރަށަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި، އިންސްޓޯލްކުރުމުގެ މަސައްކަތްތައް ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ. ހަމައެއާއެކު، ކުރިން ޤާއިމުކޮށްފައިވާ ބައެއް ޖިމްތަކުގެ ތެރެއިން މަރާމާތުކޮށް އާބާތުރަ ފިލުވަންޖެހޭ ތަންތަނުގެ މަސައްކަތްތައްވެސް ދަނީ ހިނގަމުންނެވެ.
ރާއްޖޭގެ އާބާދީއަކީ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވެފައިވާ، ދުޅަހެޔޮ ބަޔަކަށް ހެއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚާއްޞަ ޤައުމީ ހަރަކާތެއް އިޢުލާނުކުރައްވާފައެވެ. އެ މަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ކުޅިވަރާއި ކަސްރަތުގެ ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން މިހާރު ދަނީ ބާރު ދުވެލީގައި ތަންފީޒުކުރެވެމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement