ފުލުހުންގެ ހިދުމަތް ފުޅާކުރުން: ލ. ހިތަދޫ ޕޮލިސް ސްޓޭޝަން ހުޅުވައިފި
ލ. ހިތަދޫގައި ގާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް މިއަދު ހުޅުވައި، އެ ރަށުގައި ހިދުމަތް ދޭން ފަށައިފިއެވެ.
އެ ރަށުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަރުކަޒު ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދާއި ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝަމްއޫނެވެ.
މި ރަސްމިއްޔާތުގައި، ހިތަދޫ ޕޮލިސް ސްޓޭޝަން ގާއިމުކުރުމަށް އެމްޓީސީސީ އަދި ހިތަދޫ ކައުންސިލުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، ދެ ފަރާތަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ. މި ލިޔުންތައް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މި އަހަރުގެ ނިޔަލަށް ކޮންމެ ރަށެއްގައި ފުލުހުންގެ ވަސީލަތްތައް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޯސްޓުތައް އަދި ޑެސްކުތައް ގާއިމުކުރުމުގެ މަޝްރޫއުތައް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ.
ރިއެކްޝަންސް





