ކަރަންޓް ޓްރާންސްފޯމަރުތަކަކަށް ގެއްލުންދީފި
ޓްރާންސްފޯމަރުތަކަށް ގެއްލުންދީފަ: ފޮޓޯ-ސްޓެލްކޯ

ކަރަންޓް ޓްރާންސްފޯމަރުތަކަކަށް ގެއްލުންދީފި

1 year ago - 11:29
Jan 11, 2025 - 11:29
Advertisement
Advertisement

ހުޅުމާލެ ދެވަނަ ފޭސްގެ ކަރަންޓް ޓްރާންސްފޯމަރުތަކަކަށް ގެއްލުން ދީފިއެވެ. ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރަކަށް ގެއްލުންދިނީ ރޭގެ ވަގުތެއްގައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަސްތުގައި ދިން ގެއްލުންތަކުގެ ސަބަބުން ބޮޑަތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ސެކިއުރިޓީ ވަރުގަދަކޮށް ހުރި އެތަނަށް ގެއްލުންދިން މީހުން ވަދެފައިވަނީ ގޭޓާއި ތަޅު ހަލާކުކޮށްލައިގެންނެވެ. އެތަނަކީ ބައިންޑަރީ ވޯލެއް ލައި, ޑަބަލް ލޮކެއްވެސް ލާފައި ހުރިތަނެއް ކަމަށް އެމްޑީ ފަހުމީ ވިދާޅުވިއެވެ.

ގެއްލުންދީފައި ހުރި ގޮތުން އެކަންކޮށްފައިވަނީ ޓެކްނިކަލް މައުލޫމާތު އިނގޭ ބައެއް ކަމަށް ބެލެވޭ ކަމަށް ފަހުމީ ވިދާޅުވިއެވެ. އެހެންނަމަވެސް މިއީ އެކަން ކުރާ ބަޔަކަށްވެސް ވަރަށް ނުރައްކާހުރި, ގެއްލުންވެސް ބޮޑު ކަމެއްކަން ފަހުމީ ފާހަގަކުރެއްވިއެވެ.

އެފަދަ ވައްކަމެއް ކުރަން އުޅެނިކޮށް މިދިޔަ އަހަރު މީހަކު މަރުވި ހަނދާން އާކުރައްވާ ފަހުމީ ވިދާޅުވީ އެފަދަ ކަމެއް ތަކުރާރު ވެދާނެ ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement