އީވީ އަދި ޗާޖިން ސްޓޭޝަންތައް ބެލެހެއްޓުމުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އީވީ އަދި ޗާޖިން ސްޓޭޝަންތައް ބެލެހެއްޓުމުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

22 hours ago - 22:44
Advertisement
Advertisement

ދިވެހިރާއްޖޭގައި އިލެކްޓްރިކް ވެހިކަލް (އީވީ) އަދި ޗާޖިން ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.


މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާ ދެމެދުގައެވެ.


އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި އެއްބަސްވުމަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މި އެއްބަސްވުމުގެ ދަށުން، މި ދާއިރާއާ ގުޅުންހުރި މަސައްކަތްތަކުގައި އުޅޭ ފަރާތްތަކަށް، އިލެކްޓްރިކް އުޅަނދުތަކާއި ޗާޖިން އިންފްރާސްޓްރަކްޗަރ މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ފަންނީ ޚާއްޞަ ތަމްރީނުތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.


މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ އެހީގައި ކުރިއަށްގެންދާ "އިންޓެގްރޭޓެޑް، ސަސްޓެއިނަބަލް އެންޑް ލޯ-އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ދަށުން ރާއްޖެއަށް ތަޢާރަފުކޮށްފައިވާ އިލެކްޓްރިކް ބަސްތަކާއި އެހެނިހެން އުޅަނދުތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ފަދަ ޤާބިލު ދިވެހި ޓެކްނީޝަނުން ބިނާކުރުމެވެ.


މިއީ ތިމާވެށި ޙިމާޔަތްކުރުމަށާއި، ދަތުރުފަތުރުގެ ދާއިރާއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް، ރާއްޖެއިން ކަނޑައަޅާފައިވާ ނެޓް-ޒީރޯ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެޅިގެންދިޔަ މުހިންމު ބާރެކެވެ. މީގެއިތުރުން، މި ޕްރޮގްރާމުގެ ސަބަބުން މި ދާއިރާއިން ދިވެހި ޒުވާނުންނަށް އައު ވަޒީފާގެ ފުރުޞަތުތަކާއި ފަންނީ ހުނަރުތައް ތަރައްޤީކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

                    

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement