ފުވައްމުލައް އަދި އައްޑޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް ބަދަލުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހަސަން އެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ކުންފުނި ގުޅިގެން މަސައްކަތްކޮށް، އެ ސަރަހައްދުތަކުގައި ފެނާއި ނަރުދަމާގެ ޚިދުމަތް މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރި އިރު، ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓެލްކޯގެ ދަށަށް މަސައްކަތް ހަވާލު ކުރުމަށް މި ސަރުކާރުން ނިންމައި އެކަން މި މަހުގެ 7 ވަނަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ.
ރިއެކްޝަންސް





