ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ އެހެން ވެރިއަކު ތަރައްގީކުރަން ނުޖެހޭ ވަރަށް ރާއްޖެ ތަރައްގީކުރައްވާނެ: މެންބަރު އިއްބެ

ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ އެހެން ވެރިއަކު ތަރައްގީކުރަން ނުޖެހޭ ވަރަށް ރާއްޖެ ތަރައްގީކުރައްވާނެ: މެންބަރު އިއްބެ

1 hour ago - 14:10
Sep 27, 2026 - 14:16

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ، އެހެން އެއްވެސް ވެރިއަކު އިތުރަށް ތަރައްގީކުރަން ނުޖެހޭ ވަރަށް މި ގައުމު ތަރައްގީކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު އިއްބެ ވިދާޅުވީ، މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަގުނަ ބިޔަ މަޝްރޫއުތަކެއް ސަރުކާރުން މިހާރުވެސް ހިންގަމުންދާ ކަމަށެވެ. އަދި މިފަދަ ބޮޑެތި މަޝްރޫއުތައް އެއްކޮށް ފުރިހަމަކޮށް ނިންމުމަށްޓަކައި އެކަށީގެންވާ ވަގުތު ބޭނުންވާނެކަމަށް މެންބަރު އިއްބެ ފާހަގަކުރެއްވިއެވެ.

މެންބަރު އިއްބެ އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒަށް 2028 ވަނަ އަހަރުގެ ދައުރު ދެއްވައިފިނަމަ، އެ ފަސް އަހަރު ނިމިގެންދާއިރު ރާއްޖެ ފެނިގެންދާނީ އެހެން އެއްވެސް ވެރިއަކު އިތުރަށް ތަރައްގީކުރަން ނުޖެހޭ މިންވަރަށް ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ކަމަށެވެ.

މީގެއިތުރުން، އިންތިޚާބުތަކުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ ސަބަބުން ގައުމު ނުރައްކާތެރި އަނދަވަޅަކަށް ވެއްޓިދާނެކަމުގެ އިންޒާރު ދެއްވަމުން، ހަމައެކަނި ސިޔާސީ ވާހަކަތަކަށް ބުރަވުމުގެ ބަދަލުގައި ބުއްދީގެ ބޭނުންކޮށް ފުންކޮށް ވިސްނުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ. އަދި ގައުމަށް އެންމެ އިހުލާސްތެރި އަދި ފައިދާހުރި ހިދުމަތްތަކެއް ކޮށްދެއްވީ ކޮން ވެރިކަމެއްގައި، ކޮން ފިކުރަކުންތޯ ރައްޔިތުން އަމިއްލައަށް ވަޒަންކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް މެންބަރު އިއްބެ ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow