ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

1 hour ago - 08:06
Advertisement
Advertisement

ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ގައި މިއަދު ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން، ޕާކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝަހްބާޒް ޝަރީފަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ތުއްތު ކުދިންތަކެއްގެ ފުރާނަ ގެއްލިގެންދިޔަ މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވިއެވެ. އަދި ހިތާމައިގެ މިދަނޑިވަޅުގައި، ހިތްދަތިކަން ލިބުނު ޢާއިލާތަކަށް ކެތްތެރިކަމާއި، ތަސައްލީ މިންވަރު ކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ހެޔޮދުޢާ އެ ޢާއިލާތަކާއެކު ވާކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު ޝަހްބާޒް ޝަރީފަށާއި، ޕާކިސްތާނު ސަރުކާރަށާއި، އުޚުއްވަތްތެރި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މި ޙާދިސާއާ ގުޅިގެން މިހާރު ކުރިއަށްދާ ތަޙުޤީޤުގެ ސަބަބުން، ކުރިމަގުގައި ދިމާވެދާނެ މިފަދަ ޙާދިސާތައް ހުއްޓުވުމަށް އެޅޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް، އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement