އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރު ކަމަށް ޖަމީލާ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރު ކަމަށް ޖަމީލާ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

2 hours ago - 23:37
Advertisement
Advertisement

އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމުގެ މަޤާމަށް ޖަމީލާ ޢަލީ ޚާލިދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށް، ރުހުން ދީފިއެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަމީލާ ޢަލީ ޚާލިދަށް ރުހުން ދިނުމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާޤުންނެވެ. މި ވޯޓުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ވަނީ ޖަމީލާއަށް ރުހުން ދެއްވުމަށް ވޯޓު ދެއްވާފައެވެ. މިއީ މިއަދުގެ ޖަލްސާގައި ނެގުނު 15 ވޯޓުގެ ތެރެއިން، ސަރުކާރު ހިންގާ ޕާޓީއާ އެއްކޮޅަށް އެމްޑީޕީން ވޯޓު ދިން ހަމައެކަނި މައްސަލައެވެ.


އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ކުރިން ހުންނެވި އިރުތިޝާމް އާދަމް، ޚާރިޖީ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރެއްވުމާ ގުޅިގެންނެވެ. އެހެންކަމުން، ހުސްވި ސަފީރުކަމުގެ މަޤާމަށް ޖަމީލާ ޢަލީ ޚާލިދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންފުޅު ފޮނުއްވީ މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ.


ޖަމީލާ ޢަލީ ޚާލިދަކީ ޚާރިޖީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެކަމަނާ ވަނީ މީގެކުރިން ބެލްޖިއަމްއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަންވެސް ކުރައްވާފައެވެ.


މީގެއިތުރުން، 2000 ވަނަ އަހަރުގެ ކުރީކޮޅުގައި ޓެލެވިޒަން މޯލްޑިވްސްގެ އިނގިރޭސި ޚަބަރު ކިޔާ އެންކަރެއްގެ ގޮތުގައި ފެނިގެންދިޔަ ޖަމީލާއަކީ ތަޢުލީމީ ދާއިރާގައިވެސް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement